ތެޔޮ ޓޭންކަރުތަކެއް- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
25 May 2026 | 09:00
ސުލްހަ ގާއިމުވާނެ ކަމުގެ އުންމީދާއެކު، ތެލުގެ އަގު ފާއިތުވި ދެ ހަފުތާއަށްވުރެ ދަށްވެއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކާ ގާތަށް ދަތުރުކުރަމުންދާ ކަމުގެ އުންމީދުތައް އާވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ދެ ހަފުތާގައި ނުދާ މިންވަރަށް ދަށަށް ހިނގައްޖެއެވެ.

މިއަދު އަލިވިލުނުއިރު ބްރެންޓް ކުރޫޑް ފިއުޗާސްގެ އަގު ވަނީ 4.71 ޑޮލަރު ނުވަތަ 4.55 އިންސައްތަ ދަށަށް ގޮސް، ފީފާއެއް 98.83 ޑޮލަރަށް ތިރިވެފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިއު.ޓީ.އައި) ގެ އަގު 4.57 ޑޮލަރު ނުވަތަ 4.73 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 92.03 ޑޮލަރުގައެވެ. މިއީ މޭ މަހުގެ 7 ވަނަ ދުވަހަށްފަހު ތެލުގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ، ހޯމްރޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ފަހުމުނާމާއެއްގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ބުނުމާ ގުޅިގެންނެވެ. ދުނިޔޭގައި އުފައްދާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.

ނަމަވެސް، މުހިންމު ބައެއް ކަންކަމުގައި އަދިވެސް ދެ ގައުމުގެ މެދުގައި ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ރައީސް ޓްރަމްޕް އާދިއްތަ ދުވަހު ބުނެފައިވަނީ، މި އެއްބަސްވުމުގެ ކަންކަމުގައި އަވަސް އަރުވާނުލުމަށް އެމެރިކާގެ މަންދޫބުންނަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމް.އެސް.ޓީ މާކީގެ އެނަލިސްޓް ސައުލް ކަވޮނިކް ބުނީ، ސުލްހައިގެ އެއްބަސްވުމަށް އަދިވެސް ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރު ފެންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ތެލުގެ އަގަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެހެންނަމަވެސް، ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހޯމްރޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު އާންމު ހާލަތަކަށް ރުޖޫޢަވުމަށާއި، ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތެލާއި ގޭހުގެ ވަސީލަތްތައް މަރާމާތުކޮށް ނިންމުމަށް އަދި މަސްތަކެއް ނަގާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.