ފޭނުންނާއި ހެދި ސަލްމާންއަށް އުނދަގޫވެއްޖެ

15 Jul 2019 | 16:45

ސަލްމާން ޚާން އަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރު ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ.

ސަލްމާންގެ ގިނަ ފިލްމުތައް ބަލަން މީހުން ދަނީ، ފިލްމުގެ ވާހަކަ މޮޅުވެގެން، ނުވަތަ އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ. އެ ފިލްމެއްގައި ސަލްމާން އުޅުމަކީ، ގިނަ މީހުން އޭނާގެ ފިލްމުތައް ބަލަން ދާ ސަބަބު ކަމަށް ބޮލީވުޑްގެ އެންމެ ފުންނާބު އުސް ފަންނާނުންވެސް ހެކިވެއެވެ.

އެންމެ ފަހުން ރިލީޒް ކުރި ފިލްމު ބާރަތަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ސަލްމާންގެ ފޭނުންގެ މެދުގައި އޭނާގެ މަގްބޫލްކަން ވަނީ އިތުރުވެފައެވެ. އެގޮތުން ސަލްމާން މިހާރު މަސައްކަތތް ކުރަމުން އަންނަ ފިލްމު ދަބަންގް3ގެ ޝޫޓިންގައި މަހާރަޝްތުރާގައި އުޅެނިކޮށް ވަރަށް ގިނަ ފޭނުން ސަލްމާން ފަހަތުން އުޅޭ ވީޑިއޯއެއް ވަނީ ވައިރަލް ވެފައެވެ.

ދަބަން 3ގައި ސަލްމާން ފެނިގެންދާނީ ޗުލްބުލް ޕާންޑޭގެ ރޯލުންނެވެ. އެ ފިލްމުގައި ސަލްމާންގެ އިތުރުން ސޮނާކްޝީ ސިންހަ، އަރްބާޒް ހާން އަދި މާހީ ގިލްވެސް ފެނިގެންދާނެއެވެ. ދަބަން 3ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާއެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ދަބަންގެ ފުރަތަމަ ދެފިލްމަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. 

Advertisement

ކޮމެންޓް

Advertisement