ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ރަށެއްގައި ކުރިއަށްގެންދިޔަ ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ: ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
ހަބަރު
17 Jun 2026 | 15:34
ރ. އަތޮޅުގެ ހަ ރަށެއްގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ

ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި، ބަލި އަވަހަށް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީ.އެސް.އެމް) އިން ރ. އަތޮޅުގެ ހަ ރަށަކަށް އަމާޒުކޮށްގެން ޚާއްޞަ ސްކްރީނިންގ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު:

ޖޫން 25: ރ. މަޑުއްވަރީ ސިއްޙީ މަރުކަޒުގައި އެ ރަށުގެ ރައްޔިތުންނަށް.

ޖޫން 26: ރ. މީދޫ ސިއްޙީ މަރުކަޒުގައި މީދޫ އަދި އިންނަމާދޫ ރައްޔިތުންނަށް.

ޖޫން 27: ރ. އިނގުރައިދޫ ސިއްޙީ މަރުކަޒުގައި އިނގުރައިދޫ، ފައިނު އަދި ކިނޮޅަހު ރައްޔިތުންނަށް.

ކެންސަރ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިއާ ސައީދު ވިދާޅުވި ގޮތުގައި، މިފަހަރު ރ. އަތޮޅުގެ މި ރަށްތައް ޚިޔާރުކުރީ 2023 ވަނަ އަހަރު ބޭއްވި ސްކްރީނިންގ ޕްރޮގްރާމްތަކުގައި ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިންގ އެ ރަށްތަކަށް ނުގެންދެވި އޮތުމުންނެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި ޚިދުމަތް ފޯރުކޮށްދިނުން،" ޖުވޭރިއާ ވިދާޅުވިއެވެ.

2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މި މަސައްކަތުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޖުވޭރިއާ ވިދާޅުވީ، ޑޮކްޓަރުންގެ ޓީމުތަކަށް ލިބެނީ މަހަކު އެންމެ ވީކެންޑެއް ކަމަށާއި، ދަތުރުފަތުރާއި ލޮޖިސްޓިކް ކަންކަން ހުންނަގޮތުން އެއް ފަހަރާ ގިނަވެގެން ދެވޭނީ ތިން ރަށަށް ކަމަށެވެ.

މި ޕްރޮގްރާމަކީ ރ. އަތޮޅުގެ ސިއްޙީ މަރުކަޒުތަކާއި ރަށު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. ކެންސަރ ސޮސައިޓީން މިހާތަނަށް ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިފަދަ ސްކްރީނިންގ ޕްރޮގްރާމްތައް ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.