ހޯރްމޫޒް ކަނޑުއޮޅި- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
18 Jun 2026 | 11:08
އެމެރިކާ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމާ އެކު ތެލުގެ އަގު ދަށަށް

އެމެރިކާ އާއި އީރާނާ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ އެކު ބައިނަލްއަޤުވާމީ ތެލުގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކުން އެއް ޑޮލަރަށް ވުރެ ބޮޑަށް ވެއްޓިއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނެސް ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި ތެހެރާނުގެ ތެލާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ އުވާލާފައެވެ.

މީގެ ސަބަބުން ތެލުގެ ސަޕްލައި އިތުރުވާނެ ކަމަށް ބެލެވޭއިރު، ބްރެންޓް ކްރޫޑް ފީފާއެއް 1.64 ޑޮލަރު (2.06 ޕަސެންޓް) ދަށަށް ގޮސް 77.91 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ޔޫ.އެސް. ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް 1.80 ޑޮލަރު (2.34 ޕަސެންޓް) ދަށަށް ގޮސް ފީފާއެއް ވަނީ 74.99 ޑޮލަރަށް ވެއްޓިފައެވެ.

އެމެރިކާއާ އީރާނާ ދެމެދު ވެވުނު 14 ނުކުތާގެ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ފެށޭ އިރު އެ މުއްދަތުގައި ހޮރްމޫޒް ކަނޑުއޮޅިން ޓޯލް ފީ އެއް ނެތި ދަތުރުކުރެވޭ ގޮތް އީރާނުން ހަމަޖައްސައިދޭނެއެވެ. ކަނޑުއޮޅީގެ ޓްރެފިކް 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކެޕޭސިޓީއަށް އިޔާދަކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.

އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ މައްސަލަތައް ފަސްކޮށްފައިވާ އިރު އީރާނު އިޔާދަކުރުމަށް 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވައިލުން ވެސް ހިމެނެއެވެ.

"ހޮރްމޫޒް ހުޅުވާލި ނަމަވެސް، ބާޒާރަށް އަންނަ ތެލުގެ މިންވަރު މަދުވެދާނެ ކަމަޢް ތަޖުރިބާކާރުން ބުނެއެވެ. އޭގެ ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ބައެއް ޝިޕްމެންޓުތައް މިހާރު ވެސް އެހެން މަގުތަކުން ފޮނުވާފައިވުމާއި، އެއްބަސްވުން ރޫޅިދާނެ ކަމުގެ ކަންބޮޑުވުމާ ހެދި ބޯޓުތައް އެ ސަރަހައްދަށް ފޮނުވަން ޝިޕް ކުންފުނިތައް ޖެހިލުންވުމެވެ.

"ޖުމްލަ ގޮތެއްގައި ތެލުގެ ޑިމާންޑް ސަޕްލައިއަށް ވުރެ އަވަހަށް އައިސްދާނެ ކަމުން ހަނގުރާމައިގެ ކުރީގައި ހުރި ވަރަށް އަގު ނުވެއްޓިދާނެ" އެނާޖީ ކޮންސަލްޓެންސީ އެކްސްއެނަލިސްޓްސްގެ ސީއީއޯ މުކެޝް ސާހްދެވް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.