މޫދު ހަރަކާތްތައް ފެށުމުގެ ތެރެއިން... ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
20 Jun 2026 | 13:00
ކަނޑުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މޫދު ހަރަކާތްތައް ފަށައިފި

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުަވސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ މޫދު ހަރަކާތްތައް މިއަދު ފަށައިފިއެވެ.

މުޅި ރާއްޖޭގެ އެންމެނަށް ބައިވެރިވޭގޮތަށް ފެށި މި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހެނދުނު ވަނީ ފަށާފައެވެ. މި ހަރަކާތްތައް ކުރިއަށްގެންދަނީ، ރާއްޖޭގެ އެކި ރަށްރަށުން އެއްވަގުތެއްގައި އެންމެން މޫދަށް އެރި ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށެވެ. 

"އެންމެން މޫދަށް" މިނަމުގެ ދަށުން މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ގޮނޑުދޮށުންނެވެ. މިކަމަށްޓަކައި ކުރިއަށްގެްނދިޔަ ހަރަކާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެޗްޑިސީ ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވުޒަރާގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ގިނަ ރައްޔިތުން ގުޅިގެން، ރާއްޖޭގެ ކަނޑުފަޅުތަކުގެ މުހިންމުކަން ފާހަގަ ކުރުމަށް ހިންގާ ވަރަށް ޚާއްޞަ ހަރަކާތެއް ކަމަށެވެ. 

ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ފެށި މި ހަރަކާތްމިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ވުޒާރާއިން ބުނީ ކުރީ މިދިޔަ އަހަރެކޭ އެގޮތަށް މި ފެސްޓިވަލް ކުރިއަށްގެންދަނީ ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު މޫދު ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ. ހަރަކާތްތައް ކުރިއަށްދާއިރު، އެކި އޮފީސް އަދި ކުންފުނިތަކުގެ ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.