ޝެއިޚް ސަމީރު އާއި ޝެއިޚް އިސްމާޢީލް-
ހަބަރު
21 Jun 2026 | 08:20
ޝެއިޚް އިސްމާއީލް އަކީ ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ: ޝެއިޚް ސަމީރު

ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދަކީ ދިވެހިރާއްޖޭގައި ދީނީ ގިނަ ޢިލްމުވެރިންތަކެއް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމުގައި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ޝައިޚް އިސްމާޢީލް އަވަހާރަވުމާ ގުޅިގެން ޝައިޚް ސަމީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެބޭފުޅާއަކީ ރާއްޖޭގައި ދީނީ ޢިލްމުވެރިން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ ކަމަށެވެ. އަދި ތަޢުލީމާއި ތަރުބިޔަތުގެ ދާއިރާއިން ޝެއިޚް ކޮށްދެއްވާފައިވަނީ އަގުނުކުރެވޭނެ ފަދަ މަތިވެރި މަސައްކަތްތަކެއްކަން ޝައިޚް ސަމީރު ފާހަގަކުރެއްވިއެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދަކީ ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ކިޔަވައި ނިންމެވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް އިބްނު ބާޒްގެ އަރިހުން އުނގެނިވަޑައިގަތް ދަރިވަރެއްވެސް މެއެވެ. ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޝައިޚް އިސްމާޢީލަކީ، ތަފާތު އެކި މައުޟޫޢުތަކަށް ޢިލްމީ ދަރުސްތައް ދެއްވުމުގެ އިތުރުން، ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ޝައިޚް އިސްމާޢީލަކީ ޢިލްމު ފެތުރުމާއި ޢިލްމީ ޖީލެއް ބިނާކުރެއްވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. ޝެއިޚް ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މާތްވެގެންވާ ކީރިތި ޤުރުއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވުމެވެ.

ޝައިޚް އިސްމާޢީލަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި ޙައްޤު ބަސް ވިދާޅުވުމުގައި ސާބިތުވެ ހުންނެވި، ކެތްތެރިކަން އިސްކުރެއްވި ހިތްވަރުގަދަ ލީޑަރެކެވެ.

ޝެއިޚް އަވަހާރަވުމުގެ ހިތާމައިގައި ގިނަ ޢިލްމުވެރިން ދަނީ ތަޢުޒިޔާ ފޮނުއްވަމުންނެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދުގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.