އިރާން-އެމެރިކާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-
ދުނިޔެ
22 Jun 2026 | 08:39
އީރާން-އެމެރިކާ މަޝްވަރާތައް ނިންމާލައިފި؛ ނިޔުކްލިއާ މައްސަލަތައް ބެލެހެއްޓުމަށް ހައި ލެވެލް ކޮމިޓީއެއް އުފައްދަނީ

ޤަޠަރާއި ޕާކިސްތާނުގެ މެދުވެރިކަމުގައި ސުވިޒަލެންޑުގެ ބާގެންސްޓޮކްގައި ބޭއްވި އީރާނާއި އެމެރިކާގެ ފުރަތަމަ މަތީ ފެންވަރުގެ ކޮމިޓީ ބައްދަލުވުން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ޤަޠަރާއި ޕާކިސްތާނުން ނެރުނު ގުޅިފައިވާ ބަޔާނުގައިވާ ގޮތުން ލޭކް ލޫސާން ސަމިޓުގެ ނަމުގައި ބޭއްވި މި މަޝްވަރާތައް ކުރިއަށް ދިޔައީ އިސްލާމްއާބާދު އެއްބަސްވުމުގެ އޮނިގަނޑުގެ ތެރެއިންނެވެ. މި ބައްދަލުވުންތައް ކުރިއަށް ދިޔައީ ޕޮޒިޓިވް އަދި ބިނާކުރަނިވި މާހައުލެއްގައި ކަމަށާއި ކުރިއެރުންތަކެއް ހާސިލްކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްވަރާތަކުގައި ދެ ފަރާތުން ވަނީ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލަން އެއްބަސްވެފައެވެ. އެ ކޮމިޓީގެ ދަށުން ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ވޯކިން ގްރޫޕްތައް ހިންގާނެއެވެ. އަދި އެއްބަސްވުން ތަންފީޒުވާ މިންވަރު ބެލުމަށް މޮނިޓަރިން އެންޑް ޑިސްޕިއުޓް ރެޒޮލިއުޝަން ގްރޫޕެއް ވެސް ގާއިމުކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

ގުޅިފައިވާ ބަޔާނުގައިވާ ގޮތުން 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް މަގުޗާޓެއް އެކުލަވައިލެވިފައިވެއެވެ. އޭގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ވިޔަފާރީ އުޅަނދުފަހަރު ސަލާމަތްތެރިކަމާ އެކު ދަތުރުކުރެވޭނެ ގޮތް ހެދުމަށް ދެ ފަރާތުގެ މެދުގައި މުވާސަލާތީ ޗެނަލެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ހަމައެއާ އެކު ލުބުނާނުގައި އަސްކަރީ އޮޕަރޭޝަންތައް ހުއްޓައިލުން ކަށަވަރުކުރުމަށް ޑީ-ކޮންފްލިކްޝަން ސެލެއް އުފެއްދުމަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ޓެކްނިކަލް މަޝްވަރާތައް ބާގެންސްޓޮކް ރިސޯޓުގައި ހަފުތާ ނިމެންދެން ކުރިއަށް ދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޤަޠަރާއި ޕާކިސްތާނުން ވަނީ ޑިޕްލޮމެސީ އާއި ސުލްހަވެރި ހައްލަކަށް އީރާނާއި އެމެރިކާއިން ދޭ ސަމާލުކަމަށް ޝުކުރު އަދާކޮށް މަޝްވަރާތައް ބިނާކުރަނިވި މާހައުލެއްގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ