އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
22 Jun 2026 | 09:54
އެމެރިކާގެ ފަސްގަނޑުގައި އީރާނުން ދައްކަމުންދާ މޮޅު ކުޅުމާއެކު ޓްރަމްޕްއަށް ފާޑުކިޔާ މީމްތަކުން މީސްމީޑިއާ ފުރާލައިފި

ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ފަސްގަނޑުގައި، އީރާނު ޓީމުން ބަލިނުވެ ދަމަހައްޓަމުންދާ ރެކޯޑާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ހަދާފައިވާ މީމްތަކުން މީސް މީޑިއާ ފުރާލައިފިއެވެ.

މުބާރާތުގެ ގްރޫޕް 'ޖީ' އެއްގައި ހިމެނޭ އީރާނުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިނުވެ ސަލާމަތްވެފައެވެ. ފުރަތަމަ މެޗުގައި ނިއުޒީލެންޑާ ވާދަކޮށް 2-2 އިން އެއްވަރުވިއިރު، އާދީއްތަ ދުވަހު ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 0-0 އިން އެއްވަރުކޮށްފައެވެ.

އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، އީރާނު ޓީމަށް މި މުބާރާތުގައި ކުރިމަތިލާން ޖެހިފައިވަނީ އާދަޔާ ހިލާފު ގޮންޖެހުންތަކަކާއެވެ. އެމެރިކާގެ ބޯޑަރު ތެރޭގައި ކޭމްޕް ކުރުމުގެ ހުއްދަ ނުލިބުމުން، އީރާނު ޓީމުން ތިބެން ޖެހިފައިވަނީ މެކްސިކޯގައެވެ. ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރުކުރަނީ ވަރުގަދަ ސެކިއުރިޓީ ޗެކްތަކަކަށް ފަހުގައެވެ.

ނަމަވެސް އެމެރިކާގެ ފަސްގަނޑުގައި އީރާނު "ބަލިނުކުރެވުނު" ކަމަށް ބުނެ ސިޔާސީ ގޮތުންނާއި ކުޅިވަރުގެ ގޮތުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ބުނީ، މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ލިޔެވިގެންދާނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ވޭތުވެދިޔަ ހަ މަސް ދުވަހު އަހަރެމެން ތިބީ ހަނގުރާމައިގެ ހާލަތެއްގައި. ލީގު މެދުކަނޑާލައި، އެކުވެރިކަމުގެ މެޗުތައް ކެންސަލްވި. އެންމެ އުނދަގޫ ހާލަތުގައި ވޯލްޑް ކަޕަށް އައިސް މިފަދަ ނަތީޖާއެއް ނެރުމަކީ ކޮންމެ ކޮންމެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން،" ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އީރާނުގެ މި ހިތްވަރުގަދަ ކުޅުމާއި، އެމެރިކާގެ ފަސްގަނޑުގައި އެ ޓީމުން ދައްކަމުންދާ ސާބިތުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ އެ ޓީމަށް ހުއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.