ހެޓްރިކް ހެދި ދެމްބެލޭ.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
27 Jun 2026 | 07:38
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް

އުސްމާން ޑެމްބެލޭގެ ހެޓްރިކާއެކު ނޯވޭ ބަލިކޮށް ގްރޫޕް އައިގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއވެެ.

ނޯވޭއާ ދެކޮޅަށް ކުޅުނު މިމެޗް ފްރާންސް ކާމިޔާބުކުރީ 4-1 ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފާހަގަވެގެން ދިޔައީ ފްރާންސްގެ ޑެމްބެލޭއެވެ. މިމެޗްގައި އޭނާ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ. 

މެޗްގައި ޑެމްބެލޭގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ ހަތްވަނަ މިނެޓް ތެރޭގައެވެ. ދެވަނަ ގޯލް 20 ވަނަ މިނެޓް ތެރޭގައި ޖެހިއިރު ތިންވަނަ ގޯލް ޖަހާފައިވަނީ، 32 ވަނަ މިނެޓް ތެރޭގައެވެ. މެޗްގައި ފްރާންސްގެ ފަހު ގޯލް ޖަހައިދިނީ ޑިޒިރޭ ޑޫއޭ އެވެ. އާސްގާޑް ނޯވޭއަށް ސުންކަނޑުވާލަދިންއިރު، މެޗްގައި ނޯވޭއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ވަނީ ފްރާންސްގެ ކީޕަރު މައިނާން ދިފާއުކޮށްފައެވެ.

ނޮކްއައުޓްބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން މިމެޗަށް ނޯވޭ ނިކުތީ އެޓީމުގެ މުހިންމު ކުޅުންތެރިން ނުހިމަނައެވެ. މީގެ ތެރޭގައި ހާލާންޑް އަދި އޮޑެގާޑް ހިމެނެއެވެ. މި ބަދަލު ނޯވޭގެ ޓީމުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

މި ގްރޫޕްގައި  އިރާގާއި ސެނެގާލް ބައްދަލުކުރިމެޗް 5-0 ގެ ނަތީޖާއިން ސެނެގާލް ކާމިޔާބުކޮށް އެޓީމް ވަނީ ކުރިއަށް އޮތް ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.