ޖަރުމަނު ބަލިކުރުމަށްފަހު ޕަރަގުއޭ ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
30 Jun 2026 | 06:24
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް

ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރުމަށްފަހު، ވަރލްޑްކަޕް ގަދަ 16 ގެ ޖާގައެއް ޕަރަގުއޭ ހޯދައިފިއެވެ.

ޕެނަލްޓީ ޖަހައިގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ފުރިހަމަ ވަގުތާއި، އަދި އިތުރުވަގުތުގެ ދެހާފްގައި ނަތީޖާ ނުނެރެ ވެމުންނެވެ. މެޗްގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ޕަރަގުއޭ އެވެ. އެއީ ފުރަތަމަ ހާފްގެ 42 ވަނަ މިނެޓް ތެރޭގައި އެސެންސިއޯ ޖަހައިދިން ލަނޑުންނެވެ. މެޗްގައި ޖަރުމަނުވިލާތުން އެއްވަރުކުރީ ދެވަނަ ހާފްގެ ކުރީކޮޅު ކައި ހާވާޓްޒް އެވެ.

ޕެނަލްޓީ ޝޫޓްއައުޓަށް ބަލާއިރު ޖަރުމަނުން ޖެހި ދެ ޕެނަލްޓީ ވަނީ ޕަރަގުއޭގެ ކީޕަރު މަތަކޮށްފައެވެ. އެއީ އާސެނަލްގެ ފޯވާޑް ހާވާޓްޒް އާއި ނިއުކާސަލްގެ ނިކް ވޮލްޓެމޭޑް ފޮނުވާލި ޕެނަލްޓީއެވެ.

ހާވާޓްޒް ގެ ޕެނަލްޓީ ކީޕަރު މަތަކުރަނީ... ފޮޓޯ: ސްކައި ސްޕޯޓްސް

އޭގެ ފަހުން ބަޔާން މިއުނިކްގެ ޑިފެންޑަރު ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ ބޭރަށް ދިޔުމާއެކު، ޕެރަގުއޭގެ ހޯސޭ ކަނާލޭ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ގަދަ 16 އަށް އެ ޓީމު ގެންގޮސްދީފައެވެ. ގަދަ 16 ގައި ޕެރަގުއޭ ބައްދަލުކުރާނީ ފްރާންސް ނުވަތަ ސްވިޑަންއާއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު ޖަރުމަނުން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން، އެޓީމަށް ވަލްލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މިހާތަނަށް މޮޅެއް ލިބިފައެއް ނުވެއެވެ. މި މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި، ކޯނަރަކުން ލިބުނު ބޯޅައެއް ޓާ ބޮލުން ޖަހާ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރްގެ ނިންމުމަކާ ގުޅިގެން އެ ލަނޑު ބަލައެއް ނުގަތެވެ. އެއީ ވޮލްޑެމާ އެންޓަން ކީޕަރު ގިލްއަށް ފައުލް ކުރި ކަމަށް ނިންމުމާ ގުޅިގެންނެވެ. މިއީ ވަރަށް ބޮޑަށް ބަހުސް ކުރެވޭނެ ނިންމުމެއްކަމަށް އެނަލިސްޓުން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ