އައިފޯނެއް-
ދުނިޔެ
30 Jun 2026 | 09:10
ޓާޓާގެ ޑޭޓާ ލީކެއްގައި އެޕަލް އައިފޯން 18 ޕްރޯގެ ސިއްރު މަޢުލޫމާތުތަކެއް ހާމަވެއްޖެ

އެޕަލްއިން ނެރެން ތައްޔާރުވަމުންދާ އައިފޯން 18 ޕްރޯ މޮޑެލްތަކުގެ ކޮމްޕޯނެންޓް ލިސްޓާއި ސަޕްލަޔަރުންގެ ތަފްސީލާއި ފޮޓޯތައް އެ ކުންފުނީގެ އިންޑިއާގެ ސަޕްލަޔަރެއް ކަމަށްވާ ޓާޓާ އިލެކްޓްރޯނިކްސްގެ ޑޭޓާ ވަގަށް ނެގި ރެންސަމްވެއާ ގުރޫޕަކުން ޑާކް ވެބްގައި އާންމުކޮށްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.

މި ލީކުގެ ސަބަބުން އައިފޯން އުފެއްދުމުގައި އެޕަލް އިން ދުނިޔޭގެ އެކި ސަޕްލަޔަރުންނާ އެކު ކޮށްފައިވާ ވަރަށް ސިއްރު ވިޔަފާރީގެ އެއްބަސްވުންތަކަށް ނުރައްކާ ވެދާނެ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. ސަޕްލަޔަރުންގެ ތަފްސީލަކީ އެޕަލް އިން ވަރަށް ބޮޑަށް ހިމާޔަތްކުރާ މައުލޫމާތެއް ކަމުން މި ލީކުގެ ސަބަބުން ވާދަވެރިންނާއި ކައުންޓަފީޓް އުފެއްދުންތެރިންނާއި އެޕަލްގެ އަމިއްލަ ވެންޑާތަކަށް ވެސް ކޮން ކުންފުންޏަކުން ކޮން ބައެއް އުފައްދާ ކަން ފެންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެޕަލް އާއި ޓާޓާގެ ގުޅުމަށް ވެސް ބުރޫ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

ޓާޓާ އަކީ އެޕަލް އަށް ބައިތައް ސަޕްލައިކުރުމުގެ އިތުރުން ކޮންޓްރެކްޓް މެނުފެކްޗަރެއްގެ ގޮތުގައި އައިފޯން އެސެމްބަލް ވެސް ކޮށްދޭ ކުންފުންޏެކެވެ. ޗައިނާ އިން ބޭރުގައި އެޕަލްގެ އެންމެ މުހިންމު އެއް މެނުފެކްޗަރިން ޕާޓްނަރެއްގެ ގޮތުގައި ޓާޓާ ކުރިއަރަމުން އަންނައިރު މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިއާ އިލެކްޓްރޯނިކްސް މެނުފެކްޗަރިން ބާރަކަށް ހެދުމަށް ކުރައްވާ މަސައްކަތުގެ މައިގަނޑު ތަނބެކެވެ.

ރޮއިޓާސް އިން ބެލި އާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އައިފޯން 18 ޕްރޯ މޮޑެލްތަކުގެ ގިނަ ކޮމްޕޯނެންޓްތައް އެ ސަޕްލައި ކުރާ ވަކި ވަކި ކުންފުނިތަކަށް މެޕް ކޮށްފައިވާ މަދުވެގެން ހަ ފައިލެއް ހުއްޓެވެ. މީގެ ތެރޭގައި މެއިން ސާކިޓް ބޯޑުގެ ޗިޕްތަކާއި ބެޓެރީ އަދި ކެމެރާގެ ބައިތަކުގެ ތަފްސީލް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި ކުރިއަށް އޮތް އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ހިމެނޭ ސަތޭކައެއްހާ ބައިތަކުގެ ތަފްސީލް މި ލިޔެކިޔުންތަކުގައި ހުރި ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ ޑާކް ވެބްގައި މި ލިޔެކިޔުންތައް ޝެއާ ކުރެވެމުންދާތީ އެޕަލް ކަންބޮޑުވާ ކަމަށެވެ. އެ ޑޭޓާގައި ސަޕްލަޔަރުން އައިފޯން ބައިތަކަށް މެޕް ކޮށްފައިވާއިރު މިއީ އެޕަލް އިން އެ ކުންފުނީގެ ޕަބްލިކް ސަޕްލަޔާ ޑޭޓާބޭސްގައި ވެސް ހާމަ ނުކުރާ ތަފްސީލެއް ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ. މި ރެކޯޑުތަކުން އެޕަލް އިން އެއް ބައެއް ގިނަ ސަޕްލަޔަރުންގެ ކިބައިން ހޯދާ ތަންތަނާއި މަދު ސަޕްލަޔަރުންނަށް ބަރޯސާ ވާ ތަންތަން ވެސް ހާމަވެ އެ ކުންފުނީގެ ވިޔަފާރީގެ 'ސްޓްރޯންގ އަދި ވީކް' ފަރާތްތައް ވެސް ފެންނަން ހުރި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ވޯލްޑް ލީކްސް ނަމަކަށް ކިޔާ ރެންސަމްވެއާ ގުރޫޕުން މީގެ ކުރިން ވެސް ނައިކީގެ ސިސްޓަމަށް ވަން ކަމުގެ ޒިންމާ ނަގާފައިވެއެވެ. ރޮއިޓާސް އިން ބުނީ ޑޭޓާގެ ސައްހަކަން ވެރިފައި ކޮށްފައި ނުވާ ކަމަށާއި ވޯލްޑް ލީކްސް އާ ގުޅައި ކޮމެންޓް ލިބޭ ގޮތް ނުވި ކަމަށެވެ. އެޕަލް އާއި ޓާޓާގެ ތަރުޖަމާނުން ވެސް ރޮއިޓާސް ގެ ސުވާލުތަކަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ރޮއިޓާސް އިން ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވޯލްޑް ލީކްސް އިން ޑާކް ވެބްގައި ޓާޓާ އިލެކްޓްރޯނިކްސްގެ 200,000 އަށް ވުރެ ގިނަ ފައިލް ލީކް ކޮށްފައިވެއެވެ. މީގެ ތެރޭގައި ކުރީގެ އައިފޯންތަކުގެ ކޮމްޕޯނެންޓް ޑިޒައިން ކަރުދާސްތަކާއި ޓެސްލާގެ ބައެއް ބައިތައް ވެސް ހިމެނެއެވެ. އޭގެ އިތުރުން ޓައިވާން ސެމީކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އާއި ކުއެލްކޮމް ގެ ލިޔެކިޔުންތައް ވެސް އެ ފައިލްތަކުގައި ހިމެނޭ ކަމަށެވެ.

ރޮއިޓާސް އިން އިތުރަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި އެޕަލް އިން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ޓާޓާ އާ ގުޅިގެން ދިގު ރާސްތާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޓާޓާ އިން ވަނީ ސެންސިޓިވް ސިސްޓަމްތަކަށް އެތެރޭގެ އެކްސެސް ހަނިކޮށް ފޮރެންސިކް އޮޑިޓެއް ހެދުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއް ހަޔާ ކޮށްފައެވެ.

އެޕަލް އިން ނެރޭ އައިފޯން 18 ޕްރޯ އާއި ޕްރޯ މެކްސް ސެޕްޓެމްބަރުގައި ރިލީޒް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މެމޮރީ އަދި ސްޓޯރޭޖް ޗިޕްގެ އަގު ބޮޑުވުމާ ގުޅިގެން އެޕަލް އިން ދާދި ފަހުން އައިޕެޑް އާއި މެކްބުކް ގެ އަގު ބޮޑުކޮށްފައިވާއިރު ކުރިއަށް އޮތް މަސްތަކުގައި އައިފޯންގެ އަގު ވެސް ބޮޑުވާނެ ކަމަށް އެނަލިސްޓުން ލަފާ ކުރާ ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.