ޒަކާތް ދައްކަނީ/ ފޮޓޯ: މޯލްޑިވސް ޒަކާތް ހައުސް.
ހަބަރު
30 Jun 2026 | 13:59
މި އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް 75 އިންސައްތަ އިތުރުވެ 7.59 މިލިއަން ރުފިޔާ

މި އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސްއަށް ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެ ޒަކާތު ފަންޑުން އެހީތަކާއި މަޝްރޫޢުތަކަށް 2,685,834.30 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.33 މިލިއަން ރުފިޔާ ކަމަށްވާއިރު މި އަހަރުގެ މޭ މަހު އެ ޢަދަދު 7.59 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މިއީ 75.3 އިންސައްތައިގެ ކުރިއެރުމެކެވެ. ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމަކީ ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް ޢާންމުން ހޭލުންތެރިވަމުންދާ ކަމުގެ ހެއްކެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޒަކާތު ފަންޑުން ދޫކުރި ފައިސާގެ އެންމެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެ ބަޔަށް ޖުމުލަ 1,483,960.50 ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ތެރެއިން 1,452,960.50 ރުފިޔާ ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް 31,000 ރުފިޔާ ދޫކޮށްފައިވެއެވެ. ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފީސަބީލިﷲ ބައިން ތަޢުލީމީ ދީނީ އަދި ޢިލްމީ މަސައްކަތްތަކަށް ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 753,239.02 ރުފިޔާ އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ އަދި މަތީ ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް 37,008 ރުފިޔާ ހިމެނެއެވެ.

މި ހިސާބުތައް ތައްޔާރުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ އެސް.އޭ.ޕީ ސިސްޓަމުގެ ރެކޯޑުތަކަށް ބިނާކޮށް ކަމަށާއި ފަހުން ލިބޭ މަޢުލޫމާތާ ގުޅިގެން ހިސާބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޒަކާތު ހައުސްއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ