އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Jun 2026 | 15:40
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި؛ ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް އަންނާނެ: ސަޢީދު

2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ސައީދު ވިދާޅުވީ، ޕޭޕަލް ރާއްޖޭގައި ނެތް ކަމަށް ބުނެ ވާހަކަދައްކަނީ ސަރުކާރާ ޚިޔާލު ތަފާތު ފަރާތްތަކުން ކަމަށެވެ. 

"މިއުޅެނީ އަޅުގަނޑުމެންނާ ޚިޔާލު ތަފާތު، ސިޔާސީ ބައެއް ފަރާތްތަކުން، ޕޭޕަލް ރާއްޖެއަށް އައިމަ 'އުނހޫ ނުގެނެވޭ' އެހެން ވިދާޅުވަންހެން އަޅުގަނޑަށް ހީވަނީ. " ސައީދު ވިދާޅުވި އެވެ.

ކަންމިހެން ހުރި ނަމަވެސް، ޕޭޕާލް ރާއްޖެއައިސްފައުވާ ކަމަށާ، ގިނަ ބަޔަކު ބޭނުންވެސް ކުރަމުންދާ ކަމަށް ވިދާޅުވެ ސަޢީދުވަނީ މިހާތަނަށް ޚިދުމަތް ބޭނުންކޮށްފައިވާ މީހުންގެ ތަފާސް ހިސާބުވެސް އޮޅުންފިލުވައި ދެއްވާފައެވެ. 

” ޕޭޕަލް ރާއްޖޭގައި މިހާރު ހުރީ. ޕޭޕާލްގެ ޚިދުމަތަށް އެދި ލިންކު ކުރެވިފައި އެބައިން 3،280 ސްޓާޓަޕްސް ނުވަތަ ވިޔަފާރި. ވޮލެޓް އެކްޓިވޭޓް ކުރެވިފައި އެބައިން 2،159 ވޮލެޓު. އެހެންވީމާ މިއޮއް ހިނގަނީ ނޫންތޯ“

ވަޒީރު ސަޢީދު

އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު: ފޮޓޯ/ ރައީސް އޮފީސް

ސައީދު އިތުރަށް ވިދާޅުވީ މީގެ ކުރިން އެންމެ ގިނައިން ދެކެވުނު ވާހަކައަކީ ރާއްޖެ ކުޑަވުމުން ޕޭޕަލް ރާއްޖެ ނާންނާނެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް މިހާރު ”ޕޭޕާލް އައިއްސި“ ކަމަށާ، ޕޭޕާލް ރާއްޖެ ގެންނަން ކުރަންޖެހުނު ހުރިހާ ކަމެއް ކުރީ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ. 

ޕޭޕާލް ރާއްޖެ ގެންނަން ކުރަން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްގެން  އެކަން ކުރެވުނީ. ސަރުކާރުން އެކަން ކުރީ. ސަރުކާރާ ޕޭޕާލްއާ އެއްކޮށް ހިންގުނު މުއާމަލާތާ ދެން އޭގެ ފަހުން، އެބޭފުޅުންގެ ސާވިސް ޕްރިވައިޑާ އަކަށް އެބޭފުޅުންގެ އަމިއްލަ ރެކްރޫޓެއްގެ ގޮތުގައި އުރީދޫ ޚިޔާރު ކުރެއްވީ. އޭގެ ފަހުން އުރީދޫއާ ސަރުކާރާ ޕޭޕާލްއާ އެކުވެ ދެކެވުނު މަޝްވަރާ ތަކާ ކުރެވުނު މަސައްކަތް ތަކުގެ ތެރެއިން (ޕޭޕާލް އައީ)  

މުޙައްމަދު ސަޢީދު

ސައީދު ވިދާޅުވީ ޕޭޕާލްގެ ވަރަށް ގިނަ ޚިދުމަތްތައް ހުންނަ ކަމަށެވެ. އަދި ޕޭޕާލްއާއެކު އިތުރު އޮޕްޝަންތައްވެސް އަންނަމުންދާނެ ކަމަށެވެ.

"ޕޭޕަލްގައި ހުރި އިތުރު އޮޕްޝަންތައް އަންނަމުންތާ ދާނީ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.