ފޮޓޯ: ސީ.ޓީ.ވީ ނިއުސް.
ކުޅިވަރު
30 Jun 2026 | 15:23
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން އުރުގުއާއީ ކެޓުމާ އެކު އެ ޓީމު އަނބުރާ ޤައުމަށް ގެންދިޔުމަށް ހަމަޖެއްސި ޗާޓާ ފްލައިޓް އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކެންސަލްކޮށްފައިވާ ކަމަށް އުރުގުއާއީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މެކްސިކޯގެ ޕްލާޔާ ޑެލް ކާމެންގައި ހުންނަ ޓީމުގެ ޓްރެއިނިން ބޭސް އިން ވެރިރަށް މޮންޓެވީޑިއޯ އަށް ދަތުރުކުރުމަށް ތާވަލުކޮށްފައި އޮތް ޗާޓާ ފްލައިޓް ކެންސަލްކުރުމާ ގުޅިގެން ކުޅުންތެރިންނަށް ޖެހުނީ ކޮމާޝަލް ފްލައިޓްތަކުގައި ޤައުމަށް ދަތުރުކުރާށެވެ.

ފީފާ ރޭންކިންގެ 16 ވަނައިގައި އޮތް އުރުގުއާއީ އަކީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ނުގޮސް ކެޓި ޓީމުތަކުގެ ތެރެއިން ރޭންކިން އެންމެ މަތީ ޓީމެވެ. ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާއާ ދެކޮޅަށް 1-1 އިން އެއްވަރުވީ ފަހުން ނެގި ލީޑެއް ގެއްލި ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ކޭޕް ވާޑޭއާ 2-2 އިން އެއްވަރުވިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ސަބަބުން ސްޕެއިން އަތުން 1-0 އިން ބަލިވީއެވެ.

ތިން މެޗުގައި ވެސް ބެންޗުގައި އިން އުރުގުއާއީ ކެޕްޓަން ހޮސޭ މާރީއާ ހިމެނޭޒް އުރުގުއާއީގެ ޓެންފީލްޑަށް ދިން އިންޓަވިއުގައި ބުނީ ބަލިވުމުން ލިބުނީ ފުން ހިތާމައެއް ކަމަށެވެ.

"ތަދު ވަރަށް ބޮޑު. ހިތުގައި އުފެދެނީ ވަރަށް ފުން ހިތާމައެއް. ކުރިމަތިލާން ޖެހިފައިވާ ޙަޤީޤަތް ނުހަނު ދަތި. އުރުގުއާއީ ރައްޔިތުންގެ ކިބައިން މާފަށް އެދެން. އެންމެން ވެސް އުންމީދުކުރި ކަހަލަ ނަތީޖާއެއް ނޫން ނެރެވުނީ އެކަމަކު ފުޓުބޯޅައަކީ މިކަހަލަ ކަމެއް ޤަބޫލުކުރަން ޖެހޭ" ކަމަށެވެ.

"އުރުގުއާއީ ފުޓުބޯޅައަށް އަހަރެން ދޫކޮށްލާ އެއްޗަކީ ހަމަ ސުމެއް. ކޮންކަމެއް ކޯޗަކަށް ކޮށްދެވޭނީ ތިން އަހަރު މަސައްކަތް ކުރި ޤައުމެއްގެ ފުޓުބޯޅައަށް ނަތީޖާ ނުނެރެވިއްޖެ ނަމަ ދުވަހަކު ވެސް ހަމަޖެހިނުލެވޭ. ކޮލިފައިންގައި ހަތަރު ވަނައިގައި ނިންމުމުން އެއްވެސް އެއްޗެއް ނުލިބޭ ކޮޕާ އެމެރިކާގެ ތިން ވަނައިން ވެސް އެއްވެސް އެއްޗެއް ނުލިބޭ" ސްޕެއިން މެޗަށް ފަހު ކޯޗު މާސެލޯ ބިއެލްސާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ