ކުރީގެ ތިން ރައީސުން- ފޮޓޯ/ ވޮއިސް
ހަބަރު
30 Jun 2026 | 17:52
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު, ޗެއާޕާސަން ކުރައްވާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުމުގައި ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޔާމީންގެ ފާޑުވިދާޅުވުން ނަޝީދަށް އަމާޒުކުރައްވާފައި މިވަނީ އިދިކޮޅު ތިން ރައީސުން އެކުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ އެކަން އިއުލާނު ކުރައްވާފައިވަނިކޮށެވެ. ރައީސް ޔާމީންގެ ގެކޮޅުގައި އެމަނިކުފާނުގެ ޕީއެންއެފުން އެންމެ ފަހުން ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ހަގީގީ އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވުމުން އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސް މުޢިއްޒުގެ އެ ވާހަކަފުޅު ދިރާސާކޮށްލެއްވި ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ދައުރު ޕީއެންއެފުން އަދާކުރަމުންދާ ކަމަށާ އެހެން ކަމުން އެއްކޮޅާއި ދެކޮޅު އެބަ އޮތް ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު އެ ވިދާޅުވަނީ އެމްޑީޕީގެ ވާހަކަ ކަމަށާ ރައީސް ވިދާޅުވަނީ އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުމުގައި ނުކުޅެދިފައިވުން ކަމުގައި ޔާމީން ވިދާޅުވި އެވެ.

".. [ރައީސް] މުޢިއްޒު އެ ދައްކާ ވާހަކައަކީ ހަގީގަތުގައި ރަނގަޅު ވާހަކައެއް އެނގޭތޯ. [ރަައީސް] މުޢިއްޒު އެ ވިދާޅުވަނީ ތިމަންނަ ހާސްކޮށްލާވަރުގެ, އެވަރުގެ ކަމެއް އިދިކޮޅު ސިޔާސީ ފަރާތަކުން ނުކުރޭ,"

ޔާމީން ވިދާޅުވީ އެމްޑީޕީގެ އަސްލު ސޫރަ ނުފެންނަ ކަމަށެވެ. އެގޮތުން މަގުމަތީގެ ހަރަކާތްތަކާއި އިދާރާތަކަށް ގޮސް ސަރުކާރު ޒިންމާދާރު ކުރުވަން އެއްވެސް މަސައްކަތެއް އެމްޑީޕީން ނުކުރާ ކަމަށް ވިދާޅުވި އެވެ. ޕީއެންއެފަކީ އެއްވެސް އިރަކު މަގުމައްޗަށް ނިކުމެ މުޒާހަރާކުރި ބައެއް ނޫން ކަމަށާ އެ ޕާޓީގެ މަސައްކަތް ބިނާވެފައި ވަނީ އިލްމީ ބަހުސާއެކު ކަންކަން އޮންނަ ގޮތް ބުނެދިނުމުގެ މައްޗަށް ކަމަށެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޯއްދެވުމަށް, އެ މަގާމު ލިބިވަޑައިގެންފި ނަމަ ރަައީސް މުޢިއްޒު އޮންނަވަން ޖެހިވަޑައިގަންނަވާނީ މުންޑުލައިގެން ގޭގައި ކަމަށް ނަަޝީދު ވިދާޅުވި ކަމަށެވެ. ނަމަވެސް މަގާމަށް ހޮވިވަޑައިގަތުމުން މިއަދު މުންޑު އަނދެގެން ގޭގައި އޮތީ ކޮން ބޭފުޅެއްތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވި އެވެ.

"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.

ޔާމީން މިމޭރުމުން ނަޝީދަށް ފާޑުވިދާޅުވުމުން ނަޝީދުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. އަދި ޔާމީނަށް ވަރަށް ބޮޑަށް ގެންދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.