ޘަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު: ފޮޓޯ/ މަޖިލިސް
ހަބަރު
01 Jul 2026 | 13:09
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް؛ އެ މަސައްކަތް ޗައިނާގެ އެހީއާއެކު ކުރެވޭނެ: ހީނާ

ޤައުމީ ދާރުލް އާސާރު ވަރަށް ބޮޑަށް މަރާތުކުރަންޖެހޭ ކަމަށާ، ނަމަވެސް އެތަނުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައި ނުވާ ކަމަށް ޘަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ޤައުމީ ދާރުލް އާސާރުގެ އިމާރާތް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން އެތަން ހަލާކުވެ، ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. 

ޤައުމީ ދާރުލް އާސާރުގައި މިހާތަނަށް އެއްވެސް ކަހަލަ ބޮޑު މަރާމާތެއް ކުރެވިފައެއް ނެތް. ދެން އަޅުގަނޑު ހަމަ ގޮއްސަ ބަލާލިން އެއްވެސް ކަހަލަ މަރާމާތެއް މިހާތަނަށް ކޮށްފައި ވޭތޯ. ދެން އަޅުގަނޑަކަށް ހަމަ ހޯދާ ހޯދާވެސް އެ ކުރެވުނު މަރާމާތެއް ނުވަތަ، ކޮށްފައިވާ ކަމެއް، އަދި ފެންނާކަށް ނުވެއް ނެތް.  

ހީނާ ވަލީދު

ޘަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު: ފޮޓޯ/ މަޖިލިސް 

ހީނާ ވިދާޅުވީ، ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދާރުލް އާސާރު ޑިޖިޓައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށާ، އެއާއެކު، ދާރުލްއާސާރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. 

”ހަމައެއާއެކު ޤައުމީ ދާރުލް އާސާރު ޑިޖިޓައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަންޖެހިފައި މިވަނީ. އެހެންވީމާ ދާރުލް އާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓަރެކްޓިވް އިމަސިވް މިޔުޒިއަމް ތަރައްގީ ކުރުމުގެ ކަންކަން ކުރިއަށްދާތީއާ، މިކަމުގެ ސަބަބުން ޚިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެތީ، ދާރުލް އާސާރުގެ ޚިދުމަތްތަކާ އެތަނުން ލިބޭ މުހިންމު ވަސީލާތްތައްވެސް ކުރިއަށްއޮތް ތަނުގައި ތަނަވަސްވެގެންދާނެ.“ ހީނާ ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ