ލަމްހާ އަދި މާވިން
ހަބަރު
01 Jul 2026 | 14:41
މޭރީ މަރުގެ މައްސަލަ: މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް

އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

ފިލިޕީންސްއަށް ނިސްބަތްވާ މާވިންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ އެދިފައިވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމަށެވެ. ދައުވާގައި ދައުލަތުން ވަނީ މާވިން އަކީ އަނިޔާލިބުނު ފިރިމީހާގެ އިތުރުން ދަރިފުޅުގެ ބައްޕަކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާގެ އަމަލުގައި ރަހުމެއް ނެތަތީވެ ދައުލަތުން ވަނީ ދޭވެން އޮންނަ އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ.

މި މައްސަލާގައި މާވިންގެ މައްޗަށް ހުކުމް އިއްވާފައިމިވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދާތާ ހަތަރު އަހަރަށްވުރެ ގިނަދުވަސް ވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. 

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރާލާފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. މޭރީގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ. 

މޭރީ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށްވެސް މިއަދު ހުކުމް އިއްވުމަށް ވަނީ ތާވަލްކޮށްފައެވެ. ލަމްހާގެ މައްޗަށް ވަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރަށް އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލަގާއި އިތުރު ދެ ދައުވާއެއް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.