އެމޭޒޯން- ފޮޓޯ/ އިންޓަނެޓް
ދުނިޔެ
02 Jul 2026 | 09:00
އިޝްތިހާރު ދެއްކުމަށްފަހު އިތުރު ފައިސާ ނަގާތީ އެމެޒޯން އާ ދެކޮޅަށް އޮސްޓްރޭލިއާގައި ދައުވާކޮށްފި

އޮސްޓްރޭލިއާގެ ކޮންސިއުމާ ވޮޗްޑޮގް، އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ ކޮމިޝަން (އޭސީސީސީ) އިން ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ކުންފުނި ކަމަށްވާ އެމެޒޯންއާ ދެކޮޅަށް ފެޑަރަލް ކޯޓުގައި ދައުވާކޮށްފިއެވެ.

މި ދައުވާ އުފުލާފައިވަނީ އެމެޒޯންގެ "ޕްރައިމް ވީޑިއޯ" ޚިދުމަތުގައި އިޝްތިހާރު ހިމަނައި، ކުރިން ސަބްސްކްރައިބްކޮށްފައި ތިބި މީހުންނަށް އިޝްތިހާރު ނުފެންނަ ގޮތް ހެދުމަށް އިތުރު ފައިސާ ދައްކަން މަޖުބޫރުކުރުވި މައްސަލައިގައެވެ.

އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅޭގޮތުން އޭސީސީސީގެ މުގައްރިރު ޖީނާ ކެސް-ގޮޓްލީބް ވިދާޅުވީ، އިޝްތިހާރު ބަލަން ބޭނުންނުވާ ކަސްޓަމަރުންނަށް، ކުރިން އެމީހުން ޚިދުމަތް ހޯދަން ފެށި އިރު އޮތް ފެންވަރުގައި ޚިދުމަތް ހޯދުމަށްޓަކައި އިތުރު ފައިސާ ދެއްކުން ނޫން ގޮތެއް އެމެޒޯންއިން ބާއްވާފައި ނުވާ ކަމަށެވެ.

އެމެޒޯންއިން 2018 ވަނަ އަހަރު އޮސްޓްރޭލިއާގައި ޚިދުމަތް ދޭން ފެށި އިރު، ޕްރައިމް ވީޑިއޯއަކީ އެއްވެސް އިޝްތިހާރެއް ނުހިމެނޭ ޚިދުމަތެކެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ކުރީކޮޅު އެމެޒޯންއިން މި ޚިދުމަތުގައި އިޝްތިހާރު ހިމަނަން ފެށިއެވެ. އަދި އޮސްޓްރޭލިއާގެ ކަސްޓަމަރުން އިޝްތިހާރު ނުފެންނަ ގޮތް ހެދުމަށް މަހަކު 12.99 އޮސްޓްރޭލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށް އަގު ބޮޑުކުރިއެވެ.

އޭސީސީސީން ފާހަގަކުރި ގޮތުގައި، މި ބަދަލު ގެނައި އިރު ގާތްގަނޑަކަށް 850,000 މީހުން ތިބީ މުޅި އަހަރަށް ފައިސާ ދައްކައިގެން ޚިދުމަތް ހޯދާފައެވެ. އެމެޒޯންއިން ކަސްޓަމަރުންނާއެކު ވެފައިވާ އެއްބަސްވުންތަކުގައި، ކަސްޓަމަރުންނަށް އެއްވެސް ބަދަލެއް ނުދީ ޚިދުމަތަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ބާރު އެމެޒޯންއަށް ލިބިދޭ ފަސް މާއްދާއެއް ހިމަނާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމެޒޯންގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އޭސީސީސީން ހުށަހަޅާފައިވާ މައްސަލަ ވަރަށް ތަފްސީލީ ގޮތެއްގައި ދިރާސާކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ މަރުހަލާގައި އެ ކޮމިޝަނަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި، އޮސްޓްރޭލިއާގެ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެޒޯންއިން ކަސްޓަމަރުންނާ މެދު އަމަލުކުރާ ގޮތާ މެދު މީގެ ކުރިންވެސް އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ފިޔަވަޅުތައް އަޅައި، ތަހުގީގުތައް ހިންގާފައިވެއެވެ. އެގޮތުން އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިންވެސް ވަނީ އެމެޒޯންއާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް އަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.