ޝާހު އޭނާގެ އާއިލާއާއި އެކީގައި ރާއްޖޭގައި

18 Jul 2019 | 14:21

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކްޚާން އޭނާގެ އާއިލާއާއި އެކީގައި ރާއްޖެ އަތުވެއްޖެއެވެ.

ޝާހު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ އައީ އަންހެނުން ގޯރީ ޚާން އާއި ތިން ކުދިން ކަމަށްވާ ސުހާނާ ޚާން، އާރްޔަން ޚާން އަދި އަބްރާމް ޚާންއާއި އެކީގައެވެ. ޝާހުގެ އާއިލާ ރާއްޖެ އައިސް އުޅޭ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.

އެހެންނަމަވެސް، އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެއެވެ. ޝާހުގެ އާއިލާ ޗުއްޓީއަށް ރާއްޖެ އައިސްފައިވާއިރު، މިދިޔަ ޖޫން މަހުގައި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވަނީ ގްރެޖުއޭޓް ވެފައެވެ.

ޝާހުގެ އިތުރުން ބޮލީވުޑްގެ އެންމެ މަޝްހޫރު ފަންނާނުންގެ މެދުގައި މަގްބޫލް ފަތުރރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ. ފަހަކަށް އައިސް ރާއްޖެއަށް ޒިޔާރަތް ކުރާ ބޮލީވުޑް ތަރިންގެ އަދަދު ވަނީ އިތުރުވެފައެވެ. 

Advertisement

ކޮމެންޓް