އެމްއެންޔޫގެ ތެވެލި ކޮންފަރެންސްއެއްގެ ތެރެއިން- ފޮޓޯ/ އެމްއެންޔޫ
ހަބަރު
06 Jul 2026 | 08:28
އެމްއެންޔޫގެ ގެ "ތެވެލި" ކޮންފަރެންސަށް މިއަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ "ތެވެލި" ކޮންފަރެންސަށް މިއަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށަހަޅައިފިއެވެ.

އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.

މި އަހަރުގެ ކޮންފަރެންސަށް ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 23 ޤައުމަކުން ހުށަހެޅި 77 ދިރާސާއެއް ހިމެނެއެވެ. "ތެވެލި 2026" ގެ ޝިއާރަކީ "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ. މި ކޮންފަރެންސްގެ ތެރެއިން އޮގަސްޓް 17 ވަނަ ދުވަހު އެމްއެންޔޫގެ ބެޗްލާސް ޑިގްރީ ދަރިވަރުންނަށް ޚާއްޞަ "އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އޮގަސްޓް 20 ވަނަ ދުވަހު "ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕް" ތައް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމެވެ. މީގެ އިތުރުން، އެމްއެންޔޫއަކީ އައު ޢިލްމު އުފައްދައި ކުރިއަރުވާ ތަނަކަށް ހެދުމާއި، ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކަކީ ޢިލްމީ ދިރާސާތަކަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމުގައި އެހީތެރިވުން ހިމެނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، ސައިންސާއި ޞިއްޙީ ދާއިރާ، ދުނިޔޭގެ މަސްލަހަތާއި ސުލްހަ، ތަޢުލީމީ ދާއިރާ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން، އިގްތިޞާދާއި މާކެޓް، އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މި ކޮންފަރެންސްގައި އިނގިރޭސި، ދިވެހި އަދި ޢަރަބި ބަހުން ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކޮންފަރެންސްގެ މުހިންމު ބައެއް ތާރީޚުތަކަށް ބަލާއިރު:

އާލީ ބާޑް ރެޖިސްޓްރޭޝަން: ޖުލައި 5 ގެ ނިޔަލަށް

ޕްރެޒެންޓޭޝަން ހުށަހެޅުން: ޖުލައި 30 ގެ ނިޔަލަށް

ބައިވެރިންގެ ރެޖިސްޓްރޭޝަން: އޮގަސްޓް 5 ގެ ނިޔަލަށް

ޕޯސްޓަރ ހުށަހެޅުން: އޮގަސްޓް 13 ގެ ނިޔަލަށް

"ތެވެލި 2026" ގައި ފާހަގަކޮށްލެވޭ ހަތަރު ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެންމެ ފާހަގަކޮށްލެވޭ ކަރުދާސް (OPC)، އާލީ ކެރިއާ ރިސާޗަރ (ECR)، އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް (URE) އަދި ބެސްޓް ފެކަލްޓީ އެވޯޑް (BFA) އެވެ.

ކޮންފަރެންސް އާ ގުޅޭ އިތުރު މަޢުލޫމާތު https://mnu.edu.mv/research-development/theveli-international-conference-2026/ ލިބިވަޑައިގަންވާނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.