ނޭމާ
ކުޅިވަރު
06 Jul 2026 | 09:11
ނޯވޭއަތުން ބަލިވެ ބްރެޒިލް ކެޓުމާއެކު ނޭމާގެ ވޯލްޑްކަޕް ކެރިއަރަށް ހިތްދަތި ނިމުމެއް؛ ”އަހަރެން ވަރަށް މަސައްކަތް ކުރިން“

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވެ މުބާރާތުން ކެޓުމާއެކު، އެ ޤައުމުގެ އެންމެ ފާހަގަކޮށްލެވޭ ފުޓުބޯޅަ ތަރި ނޭމާ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކުރިކަން އިޢުލާންކޮށްފިއެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ނިއުޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނޭމާ ބުނީ އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށެވެ.

"އަހަރެން މަސައްކަތްކުރިން. ވަރަށް މަސައްކަތްކުރިން. އަހަރެންގެ ކެރިއަރު ފެށުނީ މި ސްޓޭޑިއަމްގައި، އަދި ނިންމާލަން މިޖެހުނީވެސް ހަމަ މިތަނަށް. މިހާރު ހުރިހާ ކަމެއް ނިމިއްޖެ،" ވަރަށް އަސަރާއެކު ނޭމާ ބުންޏެވެ.

މެޗު ނިމުމާއެކު ނޭމާ ވަނީ ދަނޑުމަތީގައި ރޮމުން ކަކޫޖަހާފައެވެ. އެ ވަގުތު އޭނާގެ ޓީމު ކުޅުންތެރިން ވަނީ އޭނާގެ ކައިރިއަށް ގޮސް ހިތްވަރުދީފައެވެ.

އުމުރުން 34 އަހަރުގެ ނޭމާ ވަނީ މި މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މި ލަނޑާއެކުވެސް ބްރެޒިލް މުބާރާތުގައި ކުރިއަށްދެވޭ ގޮތެއް ނުވިއެވެ. މިއީ ނޯވޭގެ ފުޓުބޯޅަ ތާރީޚުގައި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އެ ޤައުމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ނޭމާ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ވަކިވީ ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކުގައެވެ. އޭނާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅުނު 130 މެޗުން 80 ލަނޑު ޖަހާފައެވެ. 2009 ވަނަ އަހަރު ސަންޓޯސް އެފްސީން ފްރޮފެޝަނަލް ކެރިއަރު ފެށި ނޭމާ، ބްރެޒިލްގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު، މިހާރު އޭނާ ކެރިއަރު ނިންމާލި މެޓްލައިފް ސްޓޭޑިއަމްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު ބްރެޒިލްއަށް ހޯދައިދިން އޮލިމްޕިކް ރަން މެޑަލްއެވެ.

މި ފަހަރުގެ މުބާރާތުގައި ނޭމާގެ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން، ބްރެޒިލް ކުޅުނު ފަސް މެޗުގެ ތެރެއިން އޭނާއަށް ކުޅެވުނީ އެންމެ ދެ މެޗުގައެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ނޭމާއަށް، ފަހަކަށް އައިސް ކުރިމަތިވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާގެ ފުރިހަމަ ކުޅުން ދެއްކުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބްރެޒިލްގެ ކެޕްޓަން މާކީނިއޯސް ބުނީ، މިހާރު މި އޮތީ ބްރެޒިލްގެ ފުޓުބޯޅަ އައު ޖީލަކާ ޙަވާލުވާންވީ ވަގުތު ކަމަށެވެ. އަދި އައު ކުޅުންތެރިންނަށް ކެތްތެރިކަމާއެކު ސަޕޯޓް ދިނުމަށް އޭނާ ސަޕޯޓަރުންގެ ކިބައިން އެދުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.