ކޮރިސްޓިއާނޯ ރޮނާލްޑޯ.
ކުޅިވަރު
06 Jul 2026 | 11:18
ރޮނާލްޑޯ ބުނީ ރިޓަޔާ ކުރާނެ އިރު ކަނޑައަޅާނީ އަމިއްލައަށް ކަމަށް

ރިޓަޔާ ކުރާނެ އިރެއް ކަނޑައެޅުމަކީ ހަމައެކަނި އޭނާގެ ނިންމުމެއް ކަމަށް އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އޭނާ މިފަދައިން ބުނީ، ވޯލްޑް ކަޕް ރައުންޑް އޮފް 16 ގައި ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކާއި އުމުރާއި ފޯމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.

"ފާއިތުވެ ދިޔަ 23 އަހަރު ތެރޭގައި ތިޔައިން ބައެއް ނޫސްވެރިން މަސައްކަތް ކުރީ އަހަރެން ނައްތައިލަން. އެކަމަކު އެއީ ބޭކާރު ކަމެއްކަން މިހާރު އެނގޭނެ" ކަމަށް ރޮނާލްޑޯ ބުންޏެވެ.

އަދި 40 އަހަރު ފުރުމަށް ފަހުވެސް އަމާޒުވާ ފާޑުކިޔުންތަކާ މެދު ޝުކުރުވެރިވާ ކަމަށާއި "ފާޑުކިޔުމަކީ ކުރިއެރުމަށް މަގުފަހިވާ ކަމެއް" ކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ރޮނާލްޑޯ ކަށަވަރުކޮށްދިން ނަމަވެސް ޕޯޗުގަލް ޓީމުން ވަކިވާނެ ސީދާ ވަގުތެއް ބުނަން އޭނާ ދެކޮޅު ހެދިއެވެ.

"އަހަރެން ރިޓަޔާ ކުރާނީ އަހަރެން ބޭނުންވީމައި ތިޔަ ބޭފުޅުން ބޭނުންވީމައެއް ނޫން. ކުޅުނަސް ބެންޗުގައި ހުއްޓަސް ނުފޫޒު ބަދަލެއް ނުވާނެ" ކަމަށް ރޮނާލްޑޯ ބުންޏެވެ.

ކުރީގެ ހުރި ފެންވަރު މިހާރު ނެތް ކަމަށް ރޮނާލްޑޯ އެއްބަސްވި ނަމަވެސް "އެހާ ގޯސް ކޮށެއް ވެސް ނޫން މި ކުޅެނީ" ކަމަށް ހިނިތުންވެ ހުރެ ބުންޏެވެ.

މި ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ ތިން ގޯލް ޖަހައިފައެވެ. އެއީ އުޒްބެކިސްތާން އަތުން 5-0 އިން މޮޅުވި މެޗުގައި ދެ ގޯލާއި ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވި މެޗުގައި ޕެނެލްޓީއަކުން ޖެހި ގޯލެވެ.

"މާދަމާ ކޮންމެ ނަތީޖާއެއް ނުކުތަސް ކްރިސްޓިއާނޯ ރޮނާލްޑޯ ދާނީ ހިތް ހަމަޖެހިގެން. ސަތޭކަ ޕަސެންޓެއް ނޫން ހާސް ޕަސެންޓް. ދިރިއުޅުމުގައި ވެސް ފުޓުބޯޅައިގައި ވެސް ދެވެން އޮތް ހުރިހާ އެއްޗެއް ދީފިން" އޭނާ ބުންޏެވެ.

ޕޯޗުގަލް އާއި ސްޕެއިން ހޯމަ ދުވަހު ބައްދަލުކުރާ މެޗަކީ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރުގެ ފަހު މެޗަށް ވެދާނެއެވެ. ސްޕެއިން ވަނީ މި މުބާރާތުގައި މިހާތަނަށް ގޯލެއް ނުވައްދައި ކްލީން ޝީޓް ދަމަހައްޓައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ