ވޯލްޑްކަޕް ޓްރޮފީ-
ކުޅިވަރު
08 Jul 2026 | 13:50
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްގެން އާޖެންޓީނާއަށް 42 މިލިއަން ޑޮލަރު ލިބިފައިވާއިރު، 2026 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނުންނަށް އެއަށްވުރެ ބޮޑު އިނާމެއް ލިބޭނެއެވެ.

ވޯލްޑް ކަޕަކީ އާންމުކޮށް ކްލަބް ފުޓްބޯޅައިގައި ފެންނަ ބޮޑެތި ޓްރާންސްފާ ފީތަކާއި މާލީ މައްސަލަތަކުން އެއްކިބާވެފައިވާ، ކުޅިވަރުގެ އަސްލު ރޫހު ފެންނަ މުބާރާތެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއީ އިންތިހާއަށް ބޮޑެތި އިނާމުތަކެއް ކަނޑައެޅިފައިވާ މުބާރާތެކެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާ ގައުމުތަކަށް، ހަމައެކަނި މުބާރާތުގައި ވާދަކޮށްލުމުން ވެސް ބޮޑު ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ކޮންމެ ބުރަކުން ކުރިއަށްދާ ވަރަކަށް މި އިނާމުތައް ދާނީ އިތުރުވަމުންނެވެ. އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި މުޅިން އަލަށް 48 ޓީމު ވާދަކުރާއިރު، އިނާމު ފައިސާގެ ޖުމްލަ އަދަދު ވަނީ މީގެ ކުރީގެ ހުރިހާ ރެކޯޑުތަކެއް މުގުރާލާފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި  871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.

މި ފައިސާގެ ބޮޑު ބައެއް ބަހާލެވެނީ މުބާރާތުގެ ބުރުތަކުން ޓީމުތައް ހޯދާ ކުރިއެރުމަށް ބަލައިގެންނެވެ. ނަމަވެސް، ކުޅުމުގެ ނަތީޖާއަށް ނުބަލައި، މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމުތަކަށް މާލީ މަންފާ ލިބޭނެ ގޮތަށް ވެސް ފައިސާ ކަނޑައެޅިފައިވެއެވެ.

ނަތީޖާއަށް ބިނާކޮށް ދޭ 703 މިލިއަން ޑޮލަރުގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނީ މުބާރާތުގެ ޗެމްޕިއަން ޓީމަށެވެ. އެގޮތުން މުބާރާތް ކާމިޔާބުކުރާ ޓީމަށް 51 މިލިއަން ޑޮލަރު ލިބޭއިރު، ދެވަނައަށްދާ ޓީމަށް ލިބޭނީ 34 މިލިއަން ޑޮލަރެވެ.

ތިންވަނަ އަދި ހަތަރުވަނަ ހޯދާ ގައުމުތަކަށް 30 މިލިއަން އަދި 28 މިލިއަން ޑޮލަރު ލިބޭނެއެވެ. ކުއާޓާ ފައިނަލުން ކަޓާ ޓީމުތަކަށް 20 މިލިއަން ޑޮލަރު ލިބޭއިރު، މިއީ ގްރޫޕް ސްޓޭޖުން ކަޓާ ޓީމުތަކަށް ލިބޭ އަދަދުގެ ދެގުނައެވެ.

ނަތީޖާއަށް ބިނާކޮށް ދެވޭ އިނާމު ފައިސާ

ގްރޫޕް ސްޓޭޖް: 10 މިލިއަން ޑޮލަރު

ގަދަ 32 ޓީމުގެ ބުރު: 12 މިލިއަން ޑޮލަރު

ގަދަ 16 ޓީމުގެ ބުރު: 16 މިލިއަން ޑޮލަރު

ކުއާޓާ ފައިނަލް: 20 މިލިއަން ޑޮލަރު

ހަތަރުވަނަ: 28 މިލިއަން ޑޮލަރު

ތިންވަނަ: 30 މިލިއަން ޑޮލަރު

ދެވަނަ (ރަނަރަޕް): 34 މިލިއަން ޑޮލަރު

އެއްވަނަ (ޗެމްޕިއަން): 51 މިލިއަން ޑޮލަރު

ނަތީޖާއަށް ބިނާނުކޮށް ދެވޭ އިނާމު ފައިސާ

ފީފާގެ ޖުމްލަ އިނާމު ފައިސާގެ ތެރެއިން 168 މިލިއަން ޑޮލަރު ބަހާލެވެނީ ކުޅުމުގެ ނަތީޖާއަށް ބެލުމެއް ނެތި، މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުގެ މެދުގައެވެ.

މީގެ ތެރެއިން ކޮންމެ ގައުމަކަށް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން (ދަތުރުފަތުރާއި، ހުރުމާއި، ޓްރޭނިންގ ކޭމްޕްތަކަށް) 2.5 މިލިއަން ޑޮލަރު ދެވޭނެއެވެ. މީގެ އިތުރުން، ކޮންމެ ޓީމަކަށް މުބާރާތަށް ކޮލިފައިވުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ލިބޭނެއެވެ.

މި ބައިގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނީ ޓީމުތަކުގެ ވަފުދުތަކުގެ ހަރަދުތަކާއި ޓިކެޓް އެލޮކޭޝަން ފަދަ އިދާރީ ކަންކަމަށް އެހީތެރިވުމަށެވެ. މީގެ ބޭނުމަކީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި ވާދަކުރާއިރު ކުރަންޖެހޭ ލޮޖިސްޓިކް އަދި އިދާރީ ބޮޑެތި ހަރަދުތަކުގައި ހުރިހާ ގައުމުތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ