ސައުތު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް
ހަބަރު
12 Jul 2026 | 10:01
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ

ސައުތު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމާއި މަމެލޯޑީ ސަންޑައުންސްގެ ހުނަރުވެރި މިޑްފީލްޑަރު ޖޭޑަން އެޑަމްސް، އުމުރުން އެންމެ 25 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އެޑަމްސް މަރުވެފައި މިވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ ގައުމަށް ކުޅެދިންތާ މަހެއްވެސް ނުވަނީހެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެޑަމްސްގެ ހަށިގަނޑު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ކޭޕް ޓައުންގެ ގެއެއްގެ ތެރެއިންނެވެ. މި މަރުގެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސައުތު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗަރ ގޭޓަން މެކެންޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެޑަމްސްގެ މަރުގެ ހަބަރު އަޑުއެހީ ފުން ހިތާމައާއި ކުއްލި ސިހުމަކާއެކު ކަމަށެވެ. އަދި އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

އެޑަމްސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް ކުޅެފައެވެ. ސައުތު އެފްރިކާގެ ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް އެ ގައުމު ދަތުރުކުރިއިރު، އެޑަމްސްއަކީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޚާއްސަކޮށް، ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާގެ މާމަ މަރުވި ޚަބަރު ލިބުނު ނަމަވެސް، އޭނާ ވަނީ އެ މެޗުގައި ކުޅެފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ އެޑަމްސްގެ މަރާ ގުޅިގެން ތައުޒިޔާ ފޮނުއްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ، ތާރީޚީ ވޯލްޑް ކަޕަށްފަހު އެޑަމްސް ވަކިވެގެން ދިއުމަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

ސްޓެލެންބޯޝް އެފްސީން ކެރިއަރު ފެށި އެޑަމްސް މަމެލޯޑީ ސަންޑައުންސްއާ ގުޅުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ލީގު ތައްޓާއި އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް 2022 ވަނަ އަހަރު ކުޅެން ފެށި އެޑަމްސްއަކީ 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ސައުތު އެފްރިކާ ދަތުރުކުރި ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.