ބެންކޮކުގެ ރެސްޓޯރަންޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް
ދުނިޔެ
13 Jul 2026 | 08:38
ބެންކޮކްގެ ރާބޯ، ނާޗަރަންގީ ކުޅޭ ރެސްޓޯރެންޓެއްގައި ރޯވެ 30 މީހުން މަރުވެއްޖެ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ރާބޮއި ނާޗަރަންގީ ކުޅޭ ކުލަބު ރެސްޓޯރެންޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، މަދުވެގެން 30 މީހުން މަރުވެއްޖެއެވެ. 

މި ހާދިސާ ހިނގާފައިވަނީ ބެންކޮކްގެ ޗަތުޗަކް ޑިސްޓްރިކްޓްގެ ލަޑްޕްރާއޯ ސަރަހައްދުގައި ހުންނަ "ރޮންގް ބިއަރ ނާ ލަޑްޕްރާއޯ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައެވެ. ތައިލެންޑްގެ ދައުލަތުގެ މީޑިއާ، ތައި ޕީބީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެވަގުތު ރެސްޓޯރެންޓް އޮތީ ފުރިފައި ކަމަށްވެސް ބުނެފައިވެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް 30 މީހެއްގެ ހަށިގަނޑު އެތަނުން ނެރެފައިވާ ކަމަށެވެ. އަދި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުންގެ ހާލަތު ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، އެތަނުގައި ތިބި މިޔުޒިކް ކުޅޭ މީހުންނާ ހަވާލާދީ އެނގިފައިވާ ގޮތުގައި އަލިފާން ރޯވުމުގެ ކުރިން ސްޓޭޖް ކައިރީގައި ހުރި ސާކިއުޓް ބްރޭކަރަކުން ދުން އަރައި، ކަރަންޓް ކެނޑުމަށްފަހު ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

"ގިނަ މީހުން މަރުވެފައިވަނީ ބިރުން ދުވެގޮސް، ބޭރަށް ނުނިކުމެވޭ ގޮތަށް ހުރި ފާޚާނާތަކަށް ވަދެ ތިއްބާ. އެއީ މުޅި ތަނުގައި އަލިފާނާއި ދުން ފެތުރިގަތްލެއް އަވަސްކަމުން ހާސްވެގެން ކުރެވުނު ކަމެއް ކަމަށް ބެލެވެނީ،" ބޮޑުވަޒީރު އަނޫޓިން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.