"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
17 Jul 2026 | 15:35
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ: ރައީސް

ގިނަ ދުވަސްތަކަކަށްފަހު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ،  "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ މަގުތަކުގެ ހާލަތާ ގުޅިގެން އާންމުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި، "ވަން އޮންލައިން" އިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ހިންގާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައެވެ. އޭގެ ފަހުން މަގުތައް ބަލަހައްޓަންޖެހޭ ފެންވަރުގައި ބެލެހެއްޓިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ޚާއްޞަ ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ޤާއިމުކުރެވޭނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމުމަކަށް

މާލޭގެ އެތެރޭގެ މަގުތަކުގެ މަޝްރޫޢުގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް ކުރާ މަސައްކަތް ނިމި، އަންނަ ހަފުތާގައި އެ މަގު ހުޅުވާލާނެކަން ރައީސް ހާމަކުރެއްވިއެވެ. މި ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގަވެސް ވަނީ ހަމަޖައްސާފައެވެ.

މި ފިޔަވަހި ނިމުމާއެކު، ދެން ފަށާނީ އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތެވެ. މިއީ މިހާރު އެންމެ ބޮޑަށް ގާ މުގުރި ހަލާކުވެފައިވާ ސަރަހައްދު ކަމަށް ރައީސް ވިދާޅުވިއެވެ.

އުޅަނދުފަހަރަށް ލިބޭ ލުއިތައް

މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކި ނަމަވެސް، އެކަމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ތިން ފަރާތުން ކީވޯލް ހުންނާނެހެން މަގު ތަރައްޤީކުރުމުން، އުޅަނދުފަހަރު ކައިރިކުރަން ލިބޭ ޖާގަ މިހާރަށްވުރެ އިތުރުވެގެންދާނެއެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލޭގައި ދިރިއުޅޭތީ، މިވަގުތަށް ބޭނުންވާ ޒަރޫރީ ޙައްލުތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.