އީސީގެ މެންބަރުން- ފޮޓޯ/ އީސީ
ހަބަރު
21 Jul 2026 | 10:41
އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ރައްޔިތުންނަށް ނޭނގި ނަން ހިމެނުމުގެ ޒަމާންވީ މައްސަލައަށް އީފާސް ނިޒާމު މެދުވެރިކޮށް ދާއިމީ ޙައްލެއް ގެނެސްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަކްރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކާ ގުޅިގެން އީސީން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ގެނައީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ.

އެ ބަދަލުގެ ތެރެއިން "ސިމެދަ" ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް ތަޢާރަފުކޮށް ޕާޓީތަކުގެ ދަފްތަރާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން ފަސޭހަކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ސިމެދަ ޕޯޓަލް ބޭނުންކުރަން ފެށި ފަހުންވެސް ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެ މީހުންގެ ނަން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ މައްސަލަ އީސީއަށް ހުށަހެޅެމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

އަދި މި މައްސަލަ ދިމާވި ސަބަބާ ގުޅޭ ގޮތުން ޙަސަން ވިދާޅުވީ ޕާޓީތަކުން މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރެވެން ނެތް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފެތުރިފައި އޮންނައިރު ހުށަހެޅޭ ކޮންމެ ފޯމެއް ވެރިފައިކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް ކުރިން ހަމަޖެހިފައި ނެތުމަކީ މައިގަނޑު ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ޕާޓީތަކާ ގުޅުމާއި ޕާޓީތަކުން ވަކިވުމުގެ މުޅި ޕްރޮސެސް އީފާސް މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ތެރެއަށް ނިޒާމު ބަދަލު ގެނައި ފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެކަމެއް. އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން،" ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ މީހުންނަށްވެސް މިހާރު އީފާސްގެ ތެރެއިން ވަކިވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.