އެމްޑީޕީ ޕްރެސް... ފޮޓޯ: އެމްޑީޕީ
ހަބަރު
21 Jul 2026 | 17:39
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި މުއައްޒަފުން މަދުކުރަނީ ވަކިކަމެއް ކުރުމުގެ ބޭނުމުގައި ކަމަށާއި، އެކަމަކީ ވަރަށްބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރެާކަމެއްކަމަށް އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެސްއޯއީތަކުގެ ބަލަދުވެރިފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކުގެ މުއައްޒަފުންގެ ތެރެއިން ވަކި އިންސައްތަ މުއައްޒަފުން ވަކިކުރަން ނިންމި މައްސަލާގައި އެމްޑީޕީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕީސީބީން ކުންފުނިތައް ރައިޓް ސައިޒްކުރުމަށް ނިންމާފައިވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ގޮތުން ކަމަށެވެ. ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުގައި މިހާރު ތިބި މުއައްޒަފުންގެ ތެރެއިން 33 އިންސައްތަ މުއައްޒަފުން ވަކިކުރަން ނިންމިއިރު، މިކަން ކުރުމަށް ނިންމި އަސްލު ސަބަބު ސާފުނުވާކަމަށެވެ. 

މިކަމަކީ އެތަކެއް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާނޭކަމެއްކަން ފާަހަގަކުަރއްވަމުން ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ 25 އިންސައްތަކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، 14 ހާސް މީހުންގެ ވަޒީފާ ގެއްލިގެންދާއިރު، އެކަމުގެ ސަބަބުން ބައިލައްކައަށްވުރެ ގިނަ މީހުންގެ ދިރިއުޅުމަށް އަސަރުތައް ކުރާއިރު، މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީންވެސް އެއްޗެކޭ ބުނެފަ ނުވާކަމަށެވެ.

ފަންސާސްހާސް މީހުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ބަލަންޏާމު ވިހި ފަންސަވިސް ޕަސެންޓްގެ މީހުންނާ އެއްވަރުގެ އަދަދެއް ކޮވިޑުގަ ކޮވިޑުގެ އެ ބޮޑު ޕެންޑަމިކު ތެރޭގައަޅުގަނޑުމެންގެ ސަރުކާރުން 22،945 މީހުން ބެލެހެއްޓިން

ފައްޔާޒް އިސްމާއީލް

ފައްޔާޒް ވިދާޅުވީ ކޮވިޑްތެރޭ ކުރިމަތިވި ބަލިމަޑުކަމުގައި އެމްދީޕީ ސަރުކާރުގައި ވަޒީފާތައް ގެއްލުމުން އެކަމުން ކުރިމަތިވެދާނެ އަސަރުތަކުން ސަލާމަތްކުރުމަށް 419 މިލިއަނެއްހާ ރުފިޔާ ވަރަށް ހާމަކަންބޮޑު ގޮތެއްގައި ހޭދަކުރެވުނު ކަމަށެވެ. ނަތިޖާއެއްގެ ގޮތުން އެސްއޯއީތަކުންވެސް މުއައްޒަފުން ކަނޑަން ނުޖެހި ކަންކަން މެނޭޖްކުރެވުނުކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެސްއޯއީތަކުން މުއައްޒަފުން ވަކުކުރުމަކީ ވަރަށް ސީރިއަސް ކަމެއްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިކަމުގައިވެސް އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާަކަމަށެވެ. އެގޮތުން މިހާތަނަށް ވަޒީފާއިން ވަކިކުރި މުއައްޒަފުންނަށް ބަލާއިރު، ފާހަގަކުރެވިގެން ގޮސްފައިވަނީ ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މުއައްޒަފުންކަން ފައްޔާޒް ވިދާޅުވެފައެވެ. އެހެންކަމުން ޕީސީބީން ކުރަންމިއުޅޭ ކަންކަން ސާފްނުވާަކަމަށާއި، މިއީ ކުންފުނިތައް ހަމަ ސައިޒަށް ގެނައުމުގެ ބަދަލުގައި މީހަކު އަންގައިގެން ކުރާ ކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެސްއޯއީތަކުގެ 33 އިންސައްތަ މީހުން ވަކިކުރަން ނިންމި މައްސަލާފައި އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުންދާއިރު، ޕީސީބީން މިމަހުގެ 12 ވަނަ ދުަވހު ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން މުއައްޒަފުން މަދުކޮށް ނިންމަން ޖެހޭނޭކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ހިއްސާކޮށްފައިވާ ފޯމް އަދާހަމަކުރުމަށްފަހު ކޮންމެ ހަފްތާއެއްގެ އާދިއްތަދުވަހު ފޮނުވުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.