އެމްއެންޔޫގެ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުން- ފޮޓޯ/ ވޮއިސް
ހަބަރު
22 Jul 2026 | 15:58
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީން ބުނި ގޮތުގައި އަލަށް ތައާރަފުކުރި މި ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ސަގާފަތާއި، އިޖުތިމާއީ އަދި ގާނޫނީ ދާއިރާގެ އިތުރުން ޓެކްނޮލޮޖީ އާއި މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ތައާރަފުކުރި ކޯސްތަކެކެވެ. އަލަށް ތައާރަފުކުރި ޕްރޮގްރާމްތަކަކީ:

ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ

ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް

ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ

މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް

މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް

މާސްޓަރ އޮފް އާޓްސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް

މި ކޯސްތަކާއެކު އެމް.އެން.ޔޫ އިން ހިންގާ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގެ އަދަދު މިހާރު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މިއީ އެ ޔުނިވާސިޓީގެ ތާރީޚުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

"މި ކޯސްތައް ރާއްޖޭގައި ތިބެގެން ފުރިހަމަކުރުމުގެ ފުރުސަތު ލިބުމަކީ، ކިޔެވުމަށްޓަކައި ގައުމުން ބޭރަށް ދާންނުޖެހި ދިވެހި ދަރިވަރުންނަށް ހުޅުވިގެންދިޔަ ވަރަށް ބޮޑު ދޮރެއް،" ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ވަނީ މި ޕްރޮގްރާމްތައް ފަރުމާކުރުމުގައި އެހީތެރިވި އެމް.އެން.ޔޫގެ ފެކަލްޓީތަކަށާއި، އެކަޑަމިކް މުވައްޒަފުންނަށާއި، ބޭރުގެ އިލްމީ މާހިރުންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ބަހައްޓަވާ ޝައުގުވެރިކަމަށާއި، މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރައްވާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުއްރަހީމް ވަނީ މިހާރު ހިނގަމުންދާ ކޯސްތަކާއި ކުރިއަށް ރޭވިފައިވާ ކޯސްތަކުގެ ތަފުސީލު ދެއްވާފައެވެ. އަދި ކޯސްތައް ތައާރަފުކުރި ފެކަލްޓީތަކުގެ ޑީަނުން ވަނީ އެ ކޯސްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސަގާފަތާއި ތާރީޚުގެ ދާއިރާއިން ޕީ.އެޗް.ޑީ ތައާރަފުކުރުމަކީ ގައުމުގެ ތަރިކަ ރައްކާތެރިކުރުމަށާއި އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން ވިދާޅުވީ، ގާނޫނީ ދާއިރާގެ ޕީ.އެޗް.ޑީގެ ސަބަބުން ރާއްޖޭގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. ހަމައެހެންމެ، އިންޖިނިއަރިންގ އަދި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ތައާރަފުކުރި ކޯސްތަކަކީ ޓެކްނޮލޮޖީގެ ގޮތުން ގައުމު ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށާއި، ހިއުމަން ރިސޯސަސް މެނޭޖްމަންޓް ކޯހަކީ ސަރުކާރާއި އަމިއްލަ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ކޯހެއްކަން މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ޑީން ފާހަގަކުރެއްވިއެވެ.

ރެޖިސްޓްރާ މުހައްމަދު ލާމިރު ވިދާޅުވީ، އަލަށް ތައާރަފުކުރި މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 2027 ގައި ކަމަށެވެ. ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުތުތަކާއި އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ޔުނިވާސިޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.