ޝަރަފު އެރުވި ހަތަރު ބޭފުޅުން
ހަބަރު
26 Jul 2026 | 11:16
ޗަމްޕާ އަފީފާއި އުއްޗު ހިމެނޭހެން 4 ބޭފުޅަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަތަރު ބޭފުޅަކަށް އަރުއްވައިފިއެވެ.

މި ޢިއްޒަތް އެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އެގޮތުން އެ ޝަރަފު އެރުއްވި ބޭފުޅުންނަކީ؛

ޑރ. މުޙައްމަދު ލަޠީފް / މއ. ކިނބިއަލް

އުސްތާޛު އިބްރާހީމް ރަޝީދު މޫސާ / ހ. މީރުބަހުރުގޭއާގެ

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ ޙުސައިން ޢަފީފް / މއ. ޗަމްޕާވިލާ 

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ / މއ. ޗަމްޕާމާގެ

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ މަންހަޖު އެކުލަވައިލުމާއި، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތައް އުފެއްދެވުމާއި، ފުރަތަމަ ކޮލެޖް ބިނާކުރެއްވުމުގައި ޑރ.ލަތީފް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ޑޮކްޓަރ ލަޠީފަކީ ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ސިވިލް ސަރވިސް ގާއިމުކުރުމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އދ. ގައި ރާއްޖޭގެ ދާއިމީ މަންދޫބުކަން ކުރެއްވުމާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމުގެ މަޝްވަރާތަކުގައި ޑރ.ލަތީފް އިސްކޮށް އުޅުއްވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަން ކުރައްވައި، ރާއްޖޭގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. އެޑިޔުކޭޝަނަލް ޕްލޭނިންގގެ ރޮނގުން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ޑޮކްޓަރ ލަޠީފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ، ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ތަޢުލީމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފުންނާބުއުސް ޢިލްމުވެރިއެކެވެ. މިސުރުގެ އަޒުހަރު ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެއްވި މި ބޭފުޅާއަކީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދުމާއި، ރާއްޖޭގައި ޢަރަބި ތަޢުލީމު ފުޅާކޮށް މީހުން ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.

އެބޭފުޅާވަނީ ދީނީ ރޮނގުން 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ގިނަ އަދަދެއްގެ ފޮތްތަކާއި ޓީވީ ސިލްސިލާތައް ތަރުޖަމާކުރެއްވުމުގެ އިތުރުން، އާންމުންނަށް ބޭނުންތެރި ދީނީ ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދެވި ކުޅަދާނަ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއިރު، މަޢުހަދާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަން ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވެއެވެ.

ޙުސައިން ޢަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި އެންމެ އިސް އެއް ބާނީއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގައި މަސައްކަތްކުރައްވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޯލާ ރިޒޯޓެއް ތަރައްޤީކުރެއްވުމާއި، މަޓީ (MATI) އުފެއްދެވުމުގައި އެބޭފުޅާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ފަތުރުވެރިކަމުގެ އިތުރުން، އޭވިއޭޝަން، ބޭންކިންގ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން އައްޑޫ އެއަރޕޯޓާއި، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެބޭފުޅާގެ ހިއްސާ ބޮޑެވެ.

މީގެއިތުރުން، "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށާއި މުޖުތަމަޢުގެ ލާބައަށް ގިނަ މަޝްރޫޢުތަކެއް ހިންގަވައި، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބާއި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ވަނީ ޙާޞިލުކުރައްވާފައެވެ.

މުޙައްމަދު މޫސާއަކީ ޒުވާން އުމުރުން ފެށިގެން ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި، ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އިންޑިއާއިން ކިޔަވައިވިދާޅުވެ، އެކި މަސައްކަތްތައް ދަސްކުރެއްވުމަށްފަހު ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން ދަނޑުވެރިންނަށް އެހީތެރިވެ، ބާޒާރަށް ތަކެތި ނެރުމުގައި އިސްދައުރެއް އަދާކުރެއްވުމުގެ އިތުރުން "ތިމާވެށީގެ ފެހިފަތް" ވެސް ހާސިލުކުރައްވާފައިވެއެވެ.

އެބޭފުޅާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ކުރިއެރުވުމުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ. "ޗަމްޕާ ހޯލްސޭލް" ވިޔަފާރިއާއި، ތުނބަށްފުށީގައި ހިންގާ ސިނާޢީ މަސައްކަތްތަކުގެ އިތުރުން، އައްޑޫ އާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމުގައިވެސް އެބޭފުޅާގެ ޙިއްޞާ ބޮޑެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި "ދި އެފް.އެމް" އާއި "ދި ޓީ.ވީ" ފަދަ މީޑިއާ ސްޓޭޝަންތައް އުފެއްދެވުމުގެ އިތުރުން، "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް އިޖުތިމާޢީ އެތައް އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

މީގެއިތުރުން، ރާއްޖޭގެ މާލީ ދާއިރާއާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އުފެއްދެވުމުގައިވެސް އެބޭފުޅާ އިސްދައުރެއް އަދާކުރެއްވިއެވެ. އެބޭފުޅާގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތާއި، ފަތުރުވެރިކަމުގެ ދާއިރާގެ ރަން އެވޯޑު ފަދަ ޝަރަފުވެރި އެވޯޑުތައް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.