މިނިވަންދުވަހުގެ މުނސާބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން- ފޮަޓޯ/ ވޮއިސް
ހަބަރު
26 Jul 2026 | 12:15
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް މުޢިއްޒު

އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމަށާ، އެ ޕޮލިސީގެ ދަށުން އެންމެ އިސްކުރައްވާނީ ރާއްޖެ ކަމަށެެވެ. އަދި، ރާއްޖެއިން އިސްރާއީލް ފިޔަވައި އެހެން ހުރިހާ ގައުމަކާއެކު ގުޅުން ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެކުރަމުންދާ އަނިޔާ، އެ ޖެނިސައިޑް، ހިނގަމުންދާހާ ހިނދަކު، އަދި ހަމަ ގައިމުވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަމުންދާހާ ހިނދަކު، އެކަން އަޅުގަނޑުމެން ހިފަހައްޓާނީ އެ މިނުގައި. ރައްޔިތުންގެ އިހްސާސާ ވިންދާ އެއްގޮތަށް މި ރީތި ފަސްގަނޑަށް އިސްރާއީލުގެ ޕާސްޕޯޓާއެކު މި ގައުމަށް ނާދެވޭނެކަން އަޅުގަނޑުމެން ނިންމީ ފަޚުރުވެރިކަމާއެކުގައި

ރައީސް މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ރާއްޖޭގައި އޮތް އިރު އިސްރާއިލާއެކު ގުޅުން ބާއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަން މިތާ ހިނގިއިރު އޮތީ އޭގެ ދިމާ އިދިކޮޅު. މިއީ ހަގީގަތް ފެންނަން އޮތް. ޕްރޯ އިސްރާއީލް ޕޮލިސީއެއް މިތާ ތަންފީޒު ކުރީ. އަރަބި އިސްލާމް ގައުމުތަކާ ދުރުވެގަތީ. މީކީ ދިވެހިންނާ ދޯޅު ގޮތެއް ނޫން. ދިވެހިންނާ ބީރަައްޓެހި ޚާރިޖީ ސިޔާސަތެއް އެއީ

ރައީސް މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ހަނގުރާމައާއި އަނިޔާވެރިކަމަކީ ދިވެހިން ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އެގޮތުން މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައަށްވެސް ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެވެސް ދެކޮޅު ހަނގުރާމައެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ގޮވާލާނީ އަދި އިސްކުރާނީވެސް ސުލްހަ ކަމަށް އެމަނިކުފާނު ވިދާަޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.