ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Jul 2026 | 15:40
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި 2022 ވަނަ އަހަރު ބިންގާ އެޅި މި އިމާރާތް ބިނާކޮށްފައި ވަނީ އދ. ގެ ޔޫއެންއޯޑީސީން ވިލަރެސްކޮށްގެންނެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ވެސް ލިބިފައިވެއެވެ. ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި ތަމްރީނީ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ވެސް މި އިމާރާތުގައި ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރޫމީކޯ އާއި އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ހައޮ ޒެންގ ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރާއްޖޭގައި ކަނޑުމަތީގެ ސަލާމަތީ ނިޒާމެއް ފެށިގެން އައީ 1998 ވަނަ އަހަރު ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް)ގެ ނިޒާމު ދިފާޢީ ވުޒާރާއާ ޙަވާލުކުރެވުމާ ހިސާބުންނެވެ. އެ މަސައްކަތް ފުޅާކުރުމުގެ ގޮތުން 2003 ވަނަ އަހަރު ވިލިމާލޭގައި ވަކި އިމާރާތެއް ބިނާކޮށް 2006 ވަނަ އަހަރުގެ ޖެނުއަރީ އެކެއްގައި "ޖީއެމްޑީއެސްއެސް އޮޕަރޭޝަން ސެންޓަރ"ގެ ނަމުގައި ހުޅުވައި ފަހުން 2012 ވަނަ އަހަރުގެ ޖުލައި 27 ގައި "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ"ގެ ނަމަށް ބަދަލުކޮށްފައިވެއެވެ.

މިއަދު ހުޅުވި އައު އިމާރާތާ އެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިނގާ ޙާދިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވެދިނުމާއި ކުއްލި ޙާލަތްތަކުގައި ހިންގާ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.