މާވެލާވަރު ރިސޯޓް- ފޮަޓޯ/ މާވެލާވަރު ރިސޯޓް
ހަބަރު
28 Jul 2026 | 14:23
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު 111.6 މިލިއަން ޑޮލަރަށް ވިއްކާލަނީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.

މި ރަށް ވިއްކާލުމުގެ ހުއްދަ އެސްބީއައި މާލެ ބްރާންޗަށް ލިބިފައިވަނީ، ލޯނު ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއަކާ ގުޅިގެން 21 ޖޫން 2026 ގައި އެ ކޯޓުން ކުރި ޙުކުމުގެ ދަށުންނެވެ. މި ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2026 އިން ފެށިގެން 09 އޯގަސްޓު 2026 އާ ދެމެދު އެ ބޭންކުގެ މާލެ ބްރާންޗުގައެވެ.

ވިއްކާލާ މުދަލުގެ ތަފްސީލް

މި ނީލަމުގެ ދަށުން ވިއްކާލުމަށް ހަމަޖެހިފައިވަނީ ނ. މާވެލާވަރުގެ ހެޑްލީސް ރައިޓްސްއާއި، އެރަށުގައި ހުރި އެންމެހައި ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަޞީލަތްތަކެވެ. މީގެ އިތުރުން މެޝިނަރީތަކާއި، ފަރުނީޗަރާއި، މަސައްކަތު ސާމާނުގެ އިތުރުން ކައްކާ ކާބޯތަކެތި ކެއުމަށް ބޭނުންކުރާ ތަށި، ތެލި، ސަމްސާ ފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތަށް "އޭޒް އިޒްވެއަރ އިޒް" (as is where is) އުސޫލުންނެވެ. މި ތަކެތީގެ ރިޒާވް ޕްރައިސް ނުވަތަ ނީލަން ފެށޭ އަގަކީ 111,600,000.00 (ސަތޭކަ އެގާރަ މިލިއަން ހަލައްކަ) އެމެރިކާ ޑޮލަރެވެ.

ނީލަމުގައި ބައިވެރިވުމުގެ ޝަރުތުތައް

ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 500,000.00 (ފަސްލައްކަ) އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ބޭންކަށް ދައްކަންޖެހެއެވެ. ނީލަން ކާމިޔާބުވާ ފަރާތުން ދެއްކި ޑިޕޮސިޓް ފައިސާ، ރަށް ގަތުމަށް ހުށަހެޅި އަގުގެ ތެރޭގައި ހިމެނިގެންދާނެއެވެ. ނަމަވެސް ނީލަން ކާމިޔާބުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ ޑިޕޮސިޓް ފައިސާ ބޭންކަށް ނެގޭނެއެވެ.

ނީލަން ހުށަހަޅާ ސިޓީއުރަތައް ކަނޑާނީ 09 އޯގަސްޓު 2026 ގެ ހަވީރު 5:00 ގައި ބޭންކުގެ ފަސް އޮފިސަރުންގެ ކޮމިޓީއެއްގެ ކުރިމަތީގައެވެ. ދެ ފަރާތަކުން އެއްވަރަކަށް އަގު ހުށަހަޅައިފިނަމަ، އިތުރު 50,000 ޑޮލަރު މަތިކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް އެ ވަގުތު އެރުވޭނެއެވެ.

ފައިސާ ދެއްކުމުގެ ތަރުތީބު

ނީލަން ކާމިޔާބުކުރާ ފަރާތުން 15 ދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ. އަދި ބާކީވާ ފައިސާ 60 ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރަންޖެހެއެވެ. 15 ދުވަހުގެ ތެރޭގައި ފުރަތަމަ ފައިސާ ނުދައްކައިފިނަމަ، ނީލަން ދެން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ބަދަލުވާނެއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ނީލަމުން ލިބޭ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ޚަރަދުތައް ކެނޑުމަށްފަހު، ބާކީވާ ފައިސާއެއް އޮތްނަމަ އެ ފައިސާ ލޯނު ނެގި ފަރާތަށް ރައްދުކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.