ޖަޕާނުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ދުނިޔެ
28 Jul 2026 | 14:51
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.

މި ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ ގަޑިން ހަވީރު 4:27 ހާއިރު، ޖަޕާނުގެ ކިއުޝޫ ރަށަށެވެ. ބިންހެލުމުގެ ބާރުމިން ޖަޕާނުގެ އަމިއްލަ "ޝިންޑޯ" ސްކޭލްގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ހަތެއްގައި ހުރި ކަމަށް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ. ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ އެއް މީޓަރުގެ އުސް ސުނާމީއެއް އަރާފާނެ ކަމަށް ލަފާކުރި ނަމަވެސް، ބިންހެލުން އައިތާ ދެ ގަޑިއިރު ނުވަނީސް އެޖެންސީގެ ވެބްސައިޓް މެދުވެރިކޮށް ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނާ އެޓަކައިޗީ ވިދާޅުވި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާލިބި، ބައެއް އިމާރާތްތައް ވެއްޓި، އަދި ބައެއް ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނީ، ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށް އެއްވެސް ކަހަލަ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކިއުޝޫ އިލެކްޓްރިކް ޕަވަރ ކުންފުނިން ބުނި ގޮތުގައި، ބިންހެލުން އައި ވަގުތު އޮޕަރޭޓް ކުރަމުންދިޔަ ތިން ރިއެކްޓަރެއްގެ މަސައްކަތް އެއްވެސް މައްސަލައެއް ނެތި އާންމު ހާލަތުގައި ކުރިއަށްދެއެވެ.

ޖަޕާނަކީ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ޤައުމަކަށް ވުމާއެކު، އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ބިންހެލުމެއް އެ ޤައުމަށް އާދެއެވެ. ދުނިޔޭގެ ބިންހެލުންތަކުގެ ގާތްގަނޑަކަށް 18 އިންސައްތަ ހިއްސާކުރަނީ ޖަޕާނެވެ.

މީގެ ކުރިން 2011 ވަނަ އަހަރު އައި 9.0 ގެ ބާރުގަދަ ބިންހެލުމާއި ސުނާމީގައި 18،500 އަށްވުރެ ގިނަ މީހުން މަރުވެ، ފުކުޝީމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހިތާމަވެރި ހާދިސާގެ ހަނދާންތައް އަދިވެސް އެ ޤައުމުގައި އާކުރެއެވެ.

މިއަހަރުގެ ޖޫން 25 ގައިވެސް ޖަޕާނުގެ އުތުރަށް 7.2 ގެ ބިންހެލުމެއް އައި އިރު، އޭޕްރިލް 20 ގައި އައި 7.7 ގެ ބިންހެލުމާ ގުޅިގެން 8.0 އަށްވުރެ ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ ޚާއްޞަ އިންޒާރެއްވެސް ކަމާބެހޭ ފަރާތްތަކުން ނެރުނެވެ. ނަމަވެސް އެ އިންޒާރު ވަނީ އެއް ހަފުތާ ފަހުން އުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.