ސޫދާނުގެ އަންހެނުން- ފޮޓޯ/ ޔޫއެން
ދުނިޔެ
29 Jul 2026 | 08:06
ފެންފޮދެއް ހޯދުމަށްވެސް ސޫދާނުގެ އަންހެނުންނަށް ބިރުވެރި ދަތުރެއް: ދުވާލު ޑްރޯން ހަމަލާ، ރޭގަނޑު ޖިންސީ އަނިޔާ

ސޫދާންގެ އުތުރު ކުރުދުފާންގެ ވެރިރަށް އަލް އުބައިދުގައި ދިރިއުޅޭ އަންހެނުންނާއި އަންހެން ކުދިން، ފެން ފޮދެއް ހޯދުމަށްޓަކައި ނުރައްކާތެރި ދެ ކަމެއް އިޚުތިޔާރު ކުރަންޖެހިފައިވާ ކަމަށް އދ. ގެ އަންހެނުންނާ ބެހޭ އިދާރާ (ޔޫއެން ވިމެން) އިން ހާމަކޮށްފިއެވެ.

ޔޫއެން ވިމެންގެ އީސްޓް އެންޑް ސަަަަދަން އެފްރިކާގެ ރީޖަނަލް ޑައިރެކްޓަރ އަންނާ މުތަވާތީ ވިދާޅުވި ގޮތުގައި، އަލް އުބައިދުގައި ދުވާލު ގަޑީގައި ފެން ބަލައިދާ އަންހެނުންނަށް ޑްރޯން ހަމަލާތަކުގެ ނުރައްކާ އޮތްއިރު، ރޭގަނޑު ފެން ހޯދަން ނުކުންނަ އަންހެނުންނަށް އޮތީ ޖިންސީ ގޯނާ އާއި ރޭޕްގެ ބިރުވެރިކަމެވެ. މިއީ އެ ސިޓީގެ އަންހެނުން ތަހައްމަލު ކުރަމުންދާ "ދެ ބިރު" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ބޭރު ގައުމުތަކުން އުފައްދާފައިވާ ޑްރޯންތައް ސޫދާނަށް އެތެރެވުން އިތުރުވުމާ ގުޅިގެން، އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ފެން ފޯރުކޮށްދޭ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އދ. ގެ ރިޕޯޓްތައް ބުނާގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް ޑްރޯން ހަމަލާތަކުގައި 880 އަށްވުރެ ގިނަ އާންމުން މަރުވެފައިވެއެވެ. މިއީ އެ މުއްދަތުގައި މަރުވި އާންމުންގެ 80 އިންސައްތައެވެ.

އަލް އުބައިދަކީ ޚަރްތޫމާއި ދާރްފޫރު ގުޅުވައިދޭ މުހިންމު މަގަކަށް ވުމުން، 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުނު ދާޚިލީ ހަނގުރާމައިގައި މި ސިޓީ ވަނީ ވަރުގަދަ އަމާޒަކަށް ވެފައެވެ. މި ސިޓީގައި ދިރިއުޅޭ ބައި މިލިއަނެއްހާ މީހުންގެ ތެރޭގައި ގެދޮރު ގެއްލިފައިވާ 83,000 މީހުން ހިމެނޭއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ނުރައްކާތަކުގެ އިތުރުން، ސާފު ފެން ލިބުން ދަތިވުމުގެ ސަބަބުން ކޮލެރާ ފަދަ ބަލިތައް ފެތުރުމުގެ ބިރުވެރިކަން ވެސް ވަނީ ބޮޑުވެފައެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކުރި ގޮތުގައި ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް 1,330 ކޮލެރާ ކޭސް ވަނީ ފެނިފައެވެ. އަދި ކާނާގެ ދަތިކަމުގެ ސަބަބުން ގިނަ އަންހެނުންނާއި ކުދިން ވަނީ ބަލިކަށިވެފައެވެ.

ޔޫއެންއިން ބުނިގޮތިގައި، ސޫދާނުގައި ހިނގަމުންދާ ތިން އަހަރުވީ ހަނގުރާމައިގައި ޖިންސީ އަނިޔާ ވަނީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. މިގޮތުން، އާއިލާގެ މެންބަރުންގެ ކުރިމަތީގައި އިއްފަތް ފޭރުމާއި، ރަހުމުކުޑަ ޖިސްމާނީ އަނިޔާތައް ދީފައިވާކަން އެކި ފަރާތްތަކުން ދީފައިވާ ހެކިބަސްތަކުން ހާމަވެއެވެ.

ޔޫއެން ވިމެން އިން ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މުޅި ގައުމުގައި ޖިންސީ އަނިޔާއާ ގުޅުންހުރި ޚިދުމަތްތައް ބޭނުންވާ އަންހެނުންނާއި އަންހެން ކުދިންގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. އަދި 2026 ވަނަ އަހަރު މި އަދަދު ގާތްގަނޑަކަށް 12.7 މިލިއަނަށް އަރާފައިވާ ކަމަށެވެ. 

ނަމަވެސް، ފަންޑު ނުލިބުމުގެ ސަބަބުން އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ޖަމިއްޔާ ވަނީ ބަންދުކުރަން ޖެހިފައެވެ.

މި ހިތްދަތި ހާލަތުން އަރައިގަތުމަށްޓަކައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ސުލްހައިގެ ވާހަކަތައް ފެށުމަށް އދ. އިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. ނަމަވެސް، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން މިހާރުވެސް ދަނީ އަލް އުބައިދު ވަށާލައި، އަސާސީ ޚިދުމަތްތައް ދޭ ތަންތަނަށް ހަމަލާދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.