ފީފާ ވޯލްޑް ކަޕްގެ ތެރެއިން-
ކުޅިވަރު
29 Jul 2026 | 08:58
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ؛ ޔުއެފާގެ ހިތްހަމަނުޖެހުން

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.

ފީފާގެ މި ނިންމުމާއެކު، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ ފީފާ އިން ފުޓްބޯޅައިގެ "ރޫހު" ވިއްކާލަން އުޅޭކަމަށް ތުހުމަތުކޮށް، ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އަންގާރަ ދުވަހު ފީފާ އިން ހާމަކުރި މި މަޝްރޫޢުގެ ދަށުން، "ކޮމާޝަލް އެންޑް އިވެންޓް އޮޕަރޭޝަންސް" ބެލެހެއްޓުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފް.އެފް.އީ)" ގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ދާދިފަހުން ބޭއްވި، ތާރީޚުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕް އިންތިޒާމުކުރި ފީފާ އިން ބުނިގޮތުގައި، މި އާ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ފީފާގެ އަތުގައެވެ. ނަމަވެސް، އަމިއްލަ އިންވެސްޓަރުންނަށް ކުޑަ ހިއްސާއެއް ވިއްކައިގެން 4.2 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.

މި އިންވެސްޓަރުންގެ ގްރޫޕް އިސްވެ ހިންގާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ކޮއްކޮ، ޖޯޝުއާ ކުޝްނާގެ "ތްރައިވް އިޓާނަލް" އިން ކަމަށް ފީފާ އިން ބުނެއެވެ. މިކަމަށް މަގުފަހިކުރުމަށް ފީފާ އިން ދަނީ ޖޭ.ޕީ މޯގަން ބޭންކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މި ހުށަހެޅުމާއެކު ފީފާ އާއި ޔުއެފާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުޓްބޯޅައިގެ ރޫހާއި އޭގެ ހިންގުމަކީ ވިޔަފާރި މުދަލެއް ނޫން ކަމަށާއި، ފުޓްބޯޅައަކީ ފީފާގެ މިލްކެއް ނޫން ކަމަށެވެ. އަދި މިކަމަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި ކުރަން އުޅޭ ކަމެއް ކަމަށް ބުނެ ޔުއެފާ އިން ވަނީ ފާޑުކިޔާފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް ވެސް ވަނީ ވޯލްޑް ކަޕަކީ ވިއްކާލެވޭނެ އުފެއްދުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، މި ބަދަލުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފީފާގެ މެންބަރު ގައުމުތަކަށް އިންފްރާސްޓްރަކްޗާ އާއި، ކޯޗިން އަދި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް 20 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ މުޅި ދުނިޔޭގައި ފުޓްބޯޅަ ޑިމޮކްރަޓައިޒް ކުރުމަށް ކުރެވޭ ކަމެއް،" އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާ އިން ބުނާގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް އޮންނާނީ ހަމައެކަނި ކުޑަ ހިއްސާއެކެވެ. މުބާރާތްތަކުގެ ގަވާއިދުތަކާއި، ކަލަންޑަރު އަދި ކުޅިވަރާ ގުޅުންހުރި އެންމެހާ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު އޮންނާނީ ކުރިއެކޭވެސް އެއްގޮތަށް ފީފާގެ އަތުގައެވެ. މި ހުށަހެޅުން ކުރިއަށް އޮތްތަނުގައި ފީފާގެ 211 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ކައުންސިލަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.