އެމެރިކާގެ ހަނގުރަމަތީ ބޯޓެއް-
ދުނިޔެ
29 Jul 2026 | 15:20
ސައުދީން އިރާގަށް ދިން ހަމަލާގައި 20 މީހުން މަރުވި؛ އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ

ސައުދީ އަރަބިއްޔާއިން އެމެރިކާއާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތަކެއްގައި 20 މީހުން މަރުވެފައިވާ ކަމަށް އިރާޤުން ބުނެފިއެވެ.

މި ހަމަލާއާ ގުޅިގެން، އިރާގުގެ ސަރުކާރުން ކުއްލި ސަލާމަތީ ބައްދަލުވުމެއް ބާއްވަން ވަނީ ގޮވާލައިފިއެވެ.

އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވަނީ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ މިނިސްޓްރީގެ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އަމުރުކުރައްވާފައެވެ.

އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމްނުއާ ބެހޭ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ ބޮޑުވަޒީރު، މިއަދު ފަތިހު ގައުމަށް ދިން ވައިގެ ހަމަލާތަކާއި ސަލާމަތީ މަސްލަހަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކުރި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ބުދަ ދުވަހު ދިން މި ހަމަލާތަކަކީ ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. ސައުދީގެ ދިފާއީ ވުޒާރާއިން ބުނީ މިއީ އެ ގައުމުގެ ތެޔޮ ވަސީލަތްތަކަށް އަމާޒުކޮށް އިރާގުގެ ސަރަހައްދުން ފޮނުވާލާ ޑްރޯން ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ސައުދީގެ އީސްޓަން ޕްރޮވިންސް އަދި ރިޔާދު ސަރަހައްދުގައި ހުރި ތެޔޮ ވަސީލަތްތަކަށް ޑްރޯން ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ހަމަލާތައް ސައުދީގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވާފައިވާއިރު، އެއީ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ދިން ހަމަލާތަކެއްކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލް މާލިކީ އިތުރަށް ވިދާޅުވީ، ބުދަ ދުވަހުގެ އަސްކަރީ ހަމަލާތަކަކީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. އަދި ބޭނުންވާ ވަގުތެއްގައި އަދި ބޭނުންވާ ތަނަކަށް ރައްދު ހަމަލާ ދިނުމުގެ އިހުތިޔާރު ސައުދީއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، ސަރަހައްދީ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސައުދީން ބޭނުންވަނީ މަސްލަހަތު ހިފެހެއްޓުމަށް ކަމަށްވިޔަސް، ގައުމުގެ އިސްތިގުލާލާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.