ރޭގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ-
ހަބަރު
30 Jul 2026 | 08:24
އެމްޑީޕީން އިސްރާއިލަށް ތާއީދެއް ނުކުރާނެ؛ މިތިބީ ފަލަސްތީނާއެކު: ރައީސް ނަޝީދު

އެމްޑީޕީ ސަރުކާރުތަކުން ރާއްޖޭގެ ވެރިކަމަށް އައިސް ތަންފީޒު ކުރީ ޕްރޯ-އިސްރާއިލް ސިޔާސަތު ކަމަށް ވިދާޅުވެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ. 

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، މި ސަރުކާރުން ގެންގުޅޭނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމަށާ، އެ ޕޮލިސީގެ ދަށުން އިސްރާއީލް ފިޔަވައި އެހެން ހުރިހާ ގައުމަކާ ގުޅުން ބާއްވާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަން ރާއްޖޭގައި އޮތް އިރު އިސްރާއިލާއެކު ގުޅުން ބާއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަން މިތާ ހިނގިއިރު އޮތީ އޭގެ ދިމާ އިދިކޮޅު. މިއީ ހަގީގަތް ފެންނަން އޮތް. ޕްރޯ އިސްރާއީލް ޕޮލިސީއެއް މިތާ ތަންފީޒު ކުރީ. އަރަބި އިސްލާމް ގައުމުތަކާ ދުރުވެގަތީ. މީކީ ދިވެހިންނާ ދޯޅު ގޮތެއް ނޫން. ދިވެހިންނާ ބީރަައްޓެހި ޚާރިޖީ ސިޔާސަތެއް އެއީ

ރައީސް މުޢިއްޒު

ރައީސް މުޢިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީ އަކީ އިސްރާއިލަށް ތާއީދު ކުރާ ޕާޓީއެއް ނޫން ކަމަށާ، އެ ޕާޓީން ތާއީދު ކުރާނީ ފަލަސްތީނަށް ކަމަށް ވިދާޅުވެފައެވެ.

"ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ؟ ޓީވީތަކުން ފެންނަމުން އެ ގެންދާ މަންޒަރުތައް، އިޒްރޭލް ސަރުކާރުގެ ލާއިންސާނީ އަމަލުތައް، ކާކުތޯ ހަނދާން ނެތޭނީ؟ ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ. އެމްޑީޕީން ނުކުރާނެ. އިޒްރޭލަށް އެމްޑީޕީ ވެސް ތާއީދު ނުކުރާނެ! އަޅުގަނޑުމެން އަބަދު ވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި ތާ އަބަދު މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި."

ރައީސް ނަޝީދު

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި އިސްރާއީލާ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާފައިވާކަން އިސްރާއީލްގެ މީޑިއާތަކުންވެސް ހާމަކޮށްފައިވެއެވެ. 

އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި، މެއި 2011ގައި، ދިވެހިރާއްޖޭގެ އޭރުގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް އިސްރާއީލަށް ކުރި ދަތުރަކީ ރާއްޖޭގެ މަތީ ފަންތީގެ އިސް ވެރިއަކު އެ އެޖަމާއަތުގެ މީހުން އުޅޭތަނަށް ކުރި ފުރަތަމަ ރަސްމީ ދަތުރުކަން ފާހަގަކޮށްލަންޖެހެއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރި މި ދަތުރުގައި، ނަސީމް ވަނީ އިސްރާއީލްގެ އޭރުގެ ރައީސް ޝިމޮން ޕެރޭޒް އާއި ޚާރިޖީ ވަޒީރު އެވިގްޑޯ ލީބަމަންއާ ބައްދަލުކޮށްފައެވެ.

މީގެ އިތުރުން، ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، "އައި ފްރޮމް ޒަޔަން" ނަމަކަށް ކިޔާ ޖަމިއްޔާއަކަށް ނިސްބަތްވާ އިސްރާއީލުގެ ލޮލުގެ ޚާއްޞަ ޑޮކްޓަރުންގެ ވޮލަންޓިއަރު ޓީމެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެކަމާ ގުޅިގެން ރާއްޖޭގައި އިހްތިޖާޖުތައްވެސް ކުރިއަށް ދިޔަ ނަމަވެސް، ނަޝީދު ވަނީ އެ ޓީމުގެ ޑޮކްޓަރުންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ ގިނަ ރައްޔިތުން އެމީހުންގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ.              

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.