ބަންގްލަދޭޝްގައި އަޅާ މިސްކިތް- ފޮޓޯ/ އައިއޭސީ
ހަބަރު
30 Jul 2026 | 11:11
އައިއޭސީން ދިވެހިންގެ އެހީގައި ބަންގްލަދޭޝަގައި އަޅާ މިސްކިތް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދިވެހި ދީލަތި ރައްޔިތުންގެ އެހީތެރިކަމާއެކު، ބާވެ ހަލާކުވެފައިވާ މިސްކިތެއްގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ ބިޔަ މަޝްރޫޢެއް ބަންގްލަދޭޝަގައި ފަށައިފިއެވެ.

އައިއޭސީން މިސްކިތް އަޅާ ސަރަހައްދުގައި މިހާރު ހުރީ އެންމެ 300 މީހުންގެ ޖާގައިގެ ބާވެފައިވާ މިސްކިތެކެވެ. ނަމަވެސް، އައިއޭސީން އަލަށް ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 2000 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ތަނަވަސް އަދި ޒަމާނީ ފަރުމާއަކަށް ހެދޭ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރު މިސްކިތުގެ ގްރައުންޑް ފްލޯގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ފުރަތަމަ ފްލޯގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

މި ބިޔަ މަޝްރޫޢު ނިންމާލުމަށްޓަކައި އަދިވެސް ދިވެހި ރައްޔިތުންގެ އެހީތެރިކަމަށް އައިއޭސީން ވަނީ އެދިފައެވެ. މި މާތް މަސައްކަތުގައި ބައިވެރިވެ، ސަދަގާތުލް ޖާރިޔާގެ ސަވާބު ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް: 7770000062742

އެމްއައިބީ: 90101555002111002

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: Tajri | Sadaqa Jaariya

އައިއޭސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ އަގުތައް ކަނޑައެޅިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި، ބެލެހެއްޓުމާއި، އިދާރީ ހިންގުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ އެވަރެޖް 12.5 އިންސައްތަ ހިމެނޭ ގޮތަށެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅުއްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.