ފުވައްމުލަކު ކޯޓު- ފޮޓޯ/ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
ހަބަރު
30 Jul 2026 | 11:47
ހަށިވިއްކިކަން ސާބިތުވެ އަންހެނަކު 7 އަހަރަށް، ނާސިގެ ހިންގި ފިރިހެނެއް 5 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ފުވައްމުލަކުގައި ހަށިވިއްކުމާއި ނާސިގެ ހިންގި މައްސަލައެއްގައި ދައުވާ އުފުލި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ފިރިހެނަކާއި ދެ އަންހެނުންގެ މައްޗަށެވެ.

އެމ މިހުންގެ މައްޗަށް ދައުލަތުން ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ނާސިގެއެއް ހެދުމުގެ ދައުވާ، ހަށިވިއްކުމުގެ ދައުވާ، ބްލެކްމެއިލް ކުރުމުގެ ދައުވާ، އޮރިޔާން ކާޑު ހެދުމުގެ ދައުވާ އަދި އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާ ހިމެނެއެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވަނީ އެއް އަންހެނަކާއި ފިރިހެން މީހާގެ މައްޗަށެވެ.

ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ހަށިވިއްކުމުގެ ކުށް ސާބިތުވި އަންހެން މީހާ ހަތް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ނާސިގެ ހެދުމުގެ ކުށް ސާބިތުވި ފިރިހެން މީހާ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށްވެސް ބްލެކްމެއިލް ކުރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ ރުހުމާ ނުލައި އޮރިޔާން ކާޑު ހެދުމުގެ ދައުވާ ކުރި ނަމަވެސް، އެއިން އެއްވެސް ދައުވާއެއް އެކެއްގެ މައްޗަށްވެސް ސާބިތުވެފައެއް ނުވެއެވެ.

މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑު ހިފެހެއްޓުމުގެ ގޮތުން، މި މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ހުޅުވައިނުލައި ސިއްރު މަޖިލިސްތަކެއްގައި ކުރިއަށް ގެންދިޔައިރު، މި މައްސަލަތަކުގެ ޝަރީއަތް ނިމުނު ގޮތުގެ މުޅި ރިޕޯޓުވެސް އާންމުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.