އެއާޕޯޓްގައި ފްލައިޓެއް- ފޮޓޯ/ ވޮއިސް
ހަބަރު
31 Jul 2026 | 10:42
ވިއްސާރައިގައި ވެލާނާ އެއާޕޯޓަށް ބޯޓު ނުޖެއްސި ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ

ރާއްޖެއަށް މިއަދު ކުރަމުންދާ ބޯ ވިއްސާރައިގައި ވައިގަދަވެ ދުރު ފެންނަ މިންވަރު ދަށްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައިނަލްއަޤުވާމީ އެތައް ފްލައިޓެއް ލަސްވެ އެއް ފްލައިޓެއް ކޮލަމްބޯއަށް ޑައިވާޓުކޮށްފިއެވެ.

ފްލައިޓް ޓްރެކިން ޕްލެޓްފޯމް ފްލައިޓްރާޑާގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި ފާއިތުވި ދެ ގަޑިއިރެއްހާ އިރު ތެރޭ ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ގިނަ ބޯޓުތައް ޖައްސާނެ ފުރުޞަތެއް ނުލިބި ވައިގެ ތެރޭގައި ބުރުޖަހަމުން ދިޔައެވެ.

އެ ބޯޓުތަކުގެ ތެރޭގައި އެއިރޯފްލޮޓާއި ގަތަރު އެއާވޭސް އާއި ސްރީލަންކަން އެއާލައިންސް އާއި އިންޑިގޯ އަދި ފިޓްސްއެއާގެ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން ސްރީލަންކާއިން ރާއްޖެ އައި ފްލައި ޑުބާއީގެ ފްލައިޓެއް ވަނީ އަނބުރާ ކޮލަމްބޯއަށް ފޮނުވައިލައިފައެވެ.

ވެލާނާ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލް ވެބްސައިޓުގައިވާ ގޮތުން ބައިނަލްއަޤުވާމީ އެރައިވަލްގެ ހަތަރު ފްލައިޓެއް ލަސްވެފައިވެއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެދާނެ ކަމަށް ލަފާކޮށް 11:30 އާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައެވެ.

އެ އިދާރާއިން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައި އޮތް ލޯޕްރެޝާ ޓަރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ބޯ ވިއްސާރަ ވިލާ ގިނަ ޢަދަދަކަށް އުފެދެމުންދެއެވެ.

މި ވިއްސާރައިގެ ތެރެއިން މޫސުން އެންމެ ގޯސްވާނެ ދުވަހަކީ މިއަދު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެޓް އޮފީހުގެ ލަފާކުރުންތައް ދައްކާ ގޮތުން މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.