ފަތިސް ޖަމިއްޔާގެ ޓީމަށް މަރުހަބާ ކިޔުން
ހަބަރު
05 Aug 2026 | 08:12
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ

ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މާދަމާ ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

ސޮސައިޓީ ފޯ މާފަރު ޑިވެލޮޕްމަންޓާއި ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕް އޮންނާނީ އޯގަސްޓް 6 އިން 8 އަށެވެ. ކޭމްޕުގެ ތައްޔާރީތަކަށް ފަތިސް ޖަމިއްޔާގެ ޓީމު އެ ރަށަށް ދާން ފަށާފައިވާއިރު މާފަރުން ވަނީ ޓީމުގެ މެންބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފަތިސް ޖަމްޢިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ކޭމްޕަށް މާފަރުގެ އެކި ޖަމްޢިއްޔާތަކާއި، ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއް އަމާޒަކީ ދީނީ ޢިލްމުވެރިންނާއި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ އެހީތެރިކަމާއެކު، މުޖުތަމަޢުއަށް ފައިދާހުރި ދީނީ އަދި ދުނިޔަވީ ލީޑަރޝިޕް ސިފަތައް ހުރި ޝަޚުޞިއްޔަތުތަކެއް އުފެއްދުމެވެ. އަދި މިއީ ކުށުގެވެށިން ސަލާމަތްވެ އިސްލާޙުވާން ބޭނުންވާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

މި އަހަރުގެ ކޭމްޕްގައި ޖުމްލަ 18 ބައިވެރިންނާއި 8 ފެސިލިޓޭޓަރުން ބައިވެރިވާނެއެވެ. ކޭމްޕްގެ ތެރޭގައި އަމިއްލަ ނަފުސު އިސްލާހުކުރުމާއި، ލީޑަރޝިޕް ހުނަރުތަކާއި، އިމޯޝަނަލް އިންޓެލިޖެންސް އަދި މުޖުތަމަޢު އިސްލާޙުކުރުމުގައި ފަރުދީ ޒިންމާއާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.

މީގެ އިތުރުން، މާފަރުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދީނީ ދަރުސްތަކާއި، ދަރިވަރުންނަށް ޚާއްޞަ ސްޓަޑީ ކޭމްޕްތަކާއި، ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"ވިޔަނަ ކޭމްޕް" އަކީ 2022 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މީގެ ކުރިން މި ކޭމްޕް ވަނީ ރ. މީދޫ، ރ. ހުޅުދުއްފާރު، ށ. ފޯކައިދޫ އަދި ރ. ކިނޮޅޮހުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި ޕްރޮގްރާމް ހިންގާ 5 ވަނަ އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.