ފިހާރައަކުން އެެއްޗެހި ގަންނަނީ-
ހަބަރު
05 Aug 2026 | 10:51
އިސްތިހާރު ނުކުރި ނަމަވެސް، ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ

ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރު އާމިނަތު ޝަބާނާ ޢަލީ ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށާއި ފިހާރަތައް މެދުވެރިކޮށް ރަޖިސްޓަރީ ނުކޮށް ތަފާތު ސަޕްލިމަންޓްތައް ވިއްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހުއްދަ ނެތް ބައެއް އުފެއްދުންތައް އިޝްތިހާރު ނުކުރި ނަމަވެސް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާތު އެކި ސަޕްލިމަންޓްސްތައް އިޝްތިހާރު ނުކުރި ކަމުގައި ވިޔަސް ރާއްޖޭގެ މާކެޓްގައި އިޝްތިހާރު ނުކުރި ކަމުގައިވިޔަސް ވިއްކަން ހުރޭ. ނޫނީ އެހެން ކަހަލަ ޕްލެޓްފޯމްތަކުންވެސް އަޅުގަނޑުމެންނަށް ފާހަގަވޭ

ޝަބާނާ ވިދާޅުވިއެވެ

ޝަބާނާ ވިދާޅުވި ގޮތުގައި ފޫޑް ސަޕްލިމަންޓަކީ ކާބޯތަކެތީގެ ތެރެއިން ލިބެންޖެހޭ ނިޔުޓްރިއަންޓްސް މަދުވާ ޙާލަތްތަކުގައި ބޭނުންކުރާ ބާވަތްތައް ކަމަށާ، އެއީ ބޭސް ނޫން ކަމަށެވެ. އަދި އެފަދަ ބާވަތްތަކުގެ ގޮތް ނޭނގި ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ނިޔުޓްރިއަންޓްސް އަށްވުރެ ގިނައިންވެސް ބޭނުން ކުރެވޭ ޙަލާތްތައް އަތުވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެތަކެތި ބޭނުން ކުރުމުގެ ކުރީން އެއީ ރެޖސްޓާކޮށް އިވަލުއޭޓް ކުރެވިފައި ހުރި ތަކެތިތޯ ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ޝަބާނާ ވިދާޅުވީ، އެއްވެސް އުފެއްދުމެއް އިޝްތިހާރު ކުރުމުގެ ކުރިން ވެސް އެ އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ނެގުން ޖެހޭ ކަމަށާއި ހުށަހެޅުމުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލޭނެ ކަމަށެވެ.

އަދި ލިސްޓުކޮށްފައިވާ ސަޕްލިމަންޓުގެ ޢަދަދު 8000 އަށްވުރެ މައްޗަށް ގޮސްފައިވުމަކީ ދިވެހިން މި ތަކެތި ބޭނުންކުރާ ނިސްބަތް ބޮޑުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ޝަބާނާ ފާހަގަކުރެއްވިއެވެ.

"މީގެ މާނައަކީ ދިވެހިން މިފަދަ ތަކެތި ބޭނުންކުރާ މިންވަރު ފުދޭ ވަރަކަށް އިތުރު. އެހެންވީމައި އަޅުގަނޑުމެން ބަލަން އެބަޖެހެޔޭ މިހުރިހާ ތަކެއްޗަކީ އަޅުގަނޑުމެންގެ ހަށިގަނޑައް ކޮންމެހެން ބޭނުންހުރި ތަކެތިކަން" ޝަބާނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ސަޕްލިމަންޓުތަކުގެ ލޭބަލުގައި ދަރިމައިވުމުގެ ނިޒާމަށް ގެއްލުން ލިބިދާނެ ކަމުގެ އިންޒާރާއި އެ ނޫން ވެސް ޞިއްޙީ އިންޒާރުތައް ހިމެނިފައި ހުންނަ ކަމަށެވެ. އެހެންކަމުން ސަޕްލިމަންޓެއް ބޭނުންކުރުމުގެ ކުރިން އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުން އެއްޗެއްތޯ ޔަޤީންކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި ބާޒާރަށް ނެރޭ އުފެއްދުންތަކުގައި ހިމެނޭ މާއްދާތައް ސާފުކޮށް އެނގޭ ގޮތަށް ލޭބަލް ކުރުމަކީ މަޖުބޫރު ކަމެކެވެ. ލޭބަލްކުރުމާ ބެހޭ އާ ގަވާއިދެއް މި އަހަރުގެ ޖޫން މަހު ގެޒެޓްކޮށްފައިވާއިރު ވިޔަފާރިވެރިންނަށް އެ ގަވާއިދަށް ޢަމަލުކުރުމަށް ހަ މަހުގެ މުހުލަތެއް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވާ ޑިސެމްބަރު މަހުގެ ފަހުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ލޭބަލްކޮށްގެން ތަކެތި ވިއްކާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.