ރައީސް ޑރ މުޙައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Aug 2026 | 12:42
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން: ރައީސް މުޢިއްޒު

މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ސިމްޕޯޒިއަމް (ސިޑްސް-އެސް.އޭ.އައި) ނިންމުމާއި އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގެ ގްލޯބަލް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޙަޤީޤީ ވިލުންތެރިކަމެއް ބިނާވާނީ ހަރުދަނާ މުއައްސަސާތަކުގެ މައްޗަށް ކަމަށެވެ.

ޒިންމާދާރުކަމާ އެކު މާލީ ކަންކަން ހިންގައި ދެފުށް ފެންނަ އުސޫލުތައް ޤާއިމުކޮށްގެން ވިލުންތެރިކަން ދެމެހެއްޓޭނެ ކަމަށާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ނެތި އެ ވިލުންތެރިކަން ދެމި ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ސަބަބާ ހުރެ މި ދަނޑިވަޅުގައި ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު ނުހަނު ބޮޑު ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދައްކާ ކޮންމެ ޑޮލަރެއް ވެސް ތަރައްޤީގެ ބައިވެރިން ފޯރުކޮށްދޭ ކޮންމެ ޑޮލަރެއް ވެސް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަޤުޞަދަށް ކަމަށެވެ. ޖަވާބުދާރީވުމަކީ ހިންގުމުގެ މަސްއޫލިއްޔަތެއް އެކަނި ނޫން ކަމަށާއި އެއީ ޤައުމީ އިސްތިރާޖީ މުދަލެއް ކަމަށާއި ކުރިއެރުމުގެ އިންޖީނެއް ކަމުގައި ވެސް ސިފަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ޚާއްޞަ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ އެ ޤައުމުތަކަކީ ދަރަނި ބަލަހައްޓަމުން މުސްތަގުބަލަށް ވުނަކުރާ ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައި ކުއްލި ޙާލަތްތަކާ ކުރިމަތިލާ އަދި އިޤުތިޞާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ރައްކާތެރިކުރަމުންދާ ޤައުމުތަކެއް ކަމަށެވެ.

ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާ އެކުގައި ވެސް ރާއްޖެއިން މާލީ އިލްތިޒާމުތައް ފުއްދަމުން ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުންދާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިންގުމުގެ ނިޒާމުގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ޖޯގުރަފީއާއި ދުރު ރާސްތާއާއި ޤާބިލުކަން ނެތުމުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ބައެއް މައްސަލަތައް ޑިޖިޓަލް ޓްރާންސްފޯމޭޝަނަކުން ޙައްލުކުރެވިދާނެ ކަމަށެވެ.

އެ ގޮތުން މޯލްޑިވްސް 2.0 މެދުވެރިކޮށް ޒަމާނީ ރައްޔިތުންނަށް ލުއިފަސޭހަ ޑިޖިޓަލް ދައުލަތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަން ފާހަގަކުރައްވައި ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫން ކަމަށާއި ހިންގުމާއި ތަރައްޤީ އަދި ވިލުންތެރިކަމަށް ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026 އިން 2029 އަށް ހިންގާ ސްޓްރެޓީޖިކް ޕްލޭން ވެސް އިފުތިތާހުކޮށްދެއްވާފައެވެ. ދެމެހެއްޓެނިވި އުސޫލުތަކަށް ނަން މަޝްހޫރު އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި މި ސިމްޕޯޒިއަމްގައި ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރާ އުއްތަމަ އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޤައުމުތަކުގެ ޤާބިލިއްޔަތު އިތުރުކުރެވޭނެ ގޮތްތަކާ މެދު ޢިލްމު ހިއްސާކޮށް މަޝްވަރާ ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.