އެމްއެންޔޫގެ ފރކަލްޓީއަށް ޑީން އައްޔަން ކުރުން
ހަބަރު
04 Aug 2026 | 17:17
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އާޓްސްގެ ޑީނުން ރަސްމީކޮށް މަޤާމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް އައްޔަންކުރެއްވީ ޑރ. އާއިޝަތު ސަނޫރާއެވެ. އަދި ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަޤާމަށް އައްޔަންކުރެއްވީ ޑރ. އާމިނަތު ރިޔާޒެވެ. މިއީ މަތީ ތަޢުލީމު ކުރިއެރުވުމަށާއި، އެކަޑަމިކް ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ޑރ. އާއިޝަތު ސަނޫރާ ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް އެކަމަނާ ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ޤައުމީ ފެންވަރުގައި އިސްކަންދޭ ދާއިރާތަކުން އައު ޕްރޮގްރާމްތައް ތަޢާރަފްކޮށް، ޕޯސްޓްގްރެޖުއޭޓް ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަކީ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، މެޑިކަލް ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފެކަލްޓީ އޮފް އާޓްސްގެ އައު ޑީން ޑރ. އާމިނަތު ރިޔާޒުގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ، އެކަޑަމިކް އުނގެނުމުގެ ފައިދާ މުޅި މުޖުތަމަޢަށް ފޯރުކޮށްދިނުމަށެވެ. ޑރ. ރިޔާޒު ވިދާޅުވީ، ދަރިވަރުންނަކީ ހަމައެކަނި ފެންވަރު ރަނގަޅު ތަޢުލީމެއް ހާސިލްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، މުޖުތަމަޢަށް އަމަލީ ގޮތުން ޚިދުމަތްކުރާ، އަދި އިލްމީ ދިރާސާތަކާއި ލިޔުންތައް އުފައްދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްއެންޔޫއިން ބުނީ، މި ދެ އައްޔަންކުރުމަކީ ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންނަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފައިހަމަކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.