އެމްއެންޔޫގެ ދަރިވަރުން-
ހަބަރު
16 Jul 2026 | 21:36
އެމްއެންޔޫއިން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ސައިންސްގެ އާ ތިން ކޯހަކަށް ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ ދަށުން އިތުރު ތިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ، އަންނަ 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަކީ މާލެ ކެމްޕަހުގައި ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެއް ކަމަށެވެ. އަލަށް ހުޅުވާލި މި ތިން ޕްރޮގްރާމަކީ:

ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް

އެޑްވާންސްޑް ޑިޕްލޮމާ އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް)

ބެޗްލަރ އޮފް ސައިންސް އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް)

މި ކޯސްތަކަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއާއި މި ދާއިރާއިން އާ އީޖާދުތައް ކުރިއެރުވުމަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކޮށް، ގައުމަށް ބޭނުންތެރި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެ ޔުނިވަރސިޓީން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ކޯސްތަކަށް އެދި ހުށަހަޅަންޖެހޭނީ އެމްއެންޔޫގެ ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތާއި، ޝަރުތުތައް އަދި ދަރިވަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލުތައް އެމްއެންޔޫގެ ވެބްސައިޓް courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އިތުރު މައުލޫމާތު ސާފުކުރުމަށް އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބަޔަށް 1445 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.