ބޮޑު ބަދަލު ވެބްސައިޓް ލޯންޗުކުރުން- ފޮޓޯ/ އެމްޑީޕީ
ހަބަރު
07 Aug 2026 | 19:56
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ރައްޔިތުންގެ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ. މިއީ ރާއްޖެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން އެމްޑީޕީން ކުރިއަށްގެންދާ "ބޮޑުބަދަލު" ކެމްޕޭނުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން ފާއިތުވި 18 އަހަރު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ރާއްޖެ ހިންގުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށެވެ.

ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ހައްދެއް ނެތް ބާރުތަކާއި، ރައްޔިތުންގެ ވޯޓުން ހޮވާ ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ "ގޮނޑިކޮއްކޮ" މަޖިލީހަކަށް ބަދަލުވުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ ނުފޫޒާއި ގަޑުބަޑުކުރުމުގެ ތެރޭގައި ތާށިވެފައިވާ ޝަރުއީ ނިޒާމަށްވެސް އަވަސް ފަރުވާތަކެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީން ހުށަހަޅާ "ބޮޑު ބަދަލަކީ" ދައުލަތުގެ ބާރުތައް ހަގީގީ ގޮތެއްގައި ވަކިވެފައިވާ، އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ބާރުވެރިކަން ލިބިގެންދާނެ ބަދަލުތަކެއް ކަމަށެވެ. އަދި މި ހުށަހެޅުންތައް ފުރިހަމަވާނީ ގާނޫނުއަސާސީއާއި ބޮޑު ބަދަލުގައި ހުރި ކަންކަމާމެދު ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ އަލަށް ލޯންޗުކުރި ވެބްސައިޓް މެދުވެރިކޮށް ވީހާވެސް ގިނަ ރައްޔިތުން އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރުމަށް އެދިފައެވެ. 

ކޮމެންޓް
އަހުދުނާމާ
އަސްލު ބަދަލު ބޭނުންވަނީ ވެރިކަމުގަ ނެތީމަ ވެރިކަމުގަހުރި ނަމަ އެބަދަލެއް ބޭނުމެއް ނުވާނެ އެއީ ފެންނަން އޮތް ހަގީގަތެއް
07 Aug 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.