ނަތަންޔާހޫ އާއި އޭނާގެ އަންހެނުން-
ދުނިޔެ
10 Aug 2026 | 10:04
ނަތަންޔާހޫގެ އަނބިމީހާ ސާރާ، އެގޭގައި މަސައްކަތްކުރި ބަޔަކަށް ފުރައްސާރަކޮށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.

މިގޮތުން، ބޮޑުވަޒީރުގެ ގޭގައި ކައްކާއެއްގެ ގޮތުގައާއި ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 61 އަހަރުގެ ޔެހިއެލް އޮހެވް-އަމީ ވަނީ ސާރާ ނަތަންޔާހޫއާ ދެކޮޅަށް ދައުވާކޮށް، ބަދަލުގެ ގޮތުގައި 300،000 ޝެކޭލް (ގާތްގަނޑަކަށް 98،000 އެމެރިކާ ޑޮލަރު) ހޯދުމަށް އެދިފައެވެ.

އޭނާގެ ދައުވާގައި ބުނެފައިވަނީ، ކޮންމެ ދުވަހަކު ނަތަންޔާހޫ ދެމަފިރިންގެ ބޫޓުގެ ފޫ ފޮހެން މަޖުބޫރުކުރާ ކަމަށާއި، އެކަން ކުރާއިރު ފައިވާނުގެ އެތެރޭގައި އަތް ނުޖައްސަން ސާރާ އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެއްޗެހި ފަތްޖެހުން ފަދަ ކުދިކުދި ކަންކަމުގައި ކުށެއް ކުރެވިއްޖެނަމަ، ވަރަށް ބާރަށް ހަޅޭއްލަވައި ބަހުގެ ހަމަލާތައް ދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، އޮހެވް-އަމީ ބުނި ގޮތުގައި ސާރާ ވަނީ އޮހެވް-އަމީއަކީ "އޯޓިޒަމް" ހުންނަ މީހެއް ކަމަށް ބުނެފައި ކަމަށާ، އަދި އޭނާއަށް، ސާރާ "ތެރަޕީ" ދޭކަމަށް ބުނެ އެކަމުގެ ފީ ސާރާއަށް ދިނުމަށްވެސް އަމުރުކޮށްފައެވެ.

"އަހަރެން މިއީ ބޮޑުވަޒީރުގެ އަނބިމީހާ. އަހަރެން މިއީ އިސްރާއީލުގައި ހުރި އެއްވަނަ ސައިކޮލޮޖިސްޓް، އަހަންނާ ވާދަކުރެވޭނެ މީހަކު ނެތް،" ސާރާ ބުނި ކަމަށް އޭނާ ތުހުމަތުކުރެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ މިއީ ބޮޑުވަޒީރުގެ އަނބިމީހާގެ އަބުރު ކިލަނބުކޮށް، ދައުލަތުގެ ފައިސާ ހޯދުމަށް ހިންގާ ބްލެކްމެއިލް ކުރުމުގެ އަމަލެއް ކަމަށެވެ.

ދާދި ފަހުން އިސްރާއީލުގެ ޗެނަލް 12 އަށް މައުލޫމާތު ދިން އެހެން މުވައްޒަފަކު ވަނީ، ސާރާ ނަތަންޔާހޫގެ އިތުރުން އޭނާގެ ދަރިފުޅު ޔާއިރު ނަތަންޔާހޫގެ ފަރާތުންވެސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި ތިން ފަހަރެއްގެ މަތިން އޭނާގެ ގައިގައި ކޮއްޕާލާފައިވާއިރު، މަހެއްގެ މައްޗަށް 169 ގަޑިއިރު އިތުރުގަޑީގައި މަސައްކަތް ކުރަން މަޖުބޫރުކުރިއެވެ.

މިއީ ސާރާ ނަތަންޔާހޫގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2016 ވަނަ އަހަރުވެސް ކުރީގެ މުވައްޒަފަކަށް އިހާނެތިކޮށް ހިތުމުގެ މައްސަލައެއްގައި ކޯޓުން ވަނީ ބަދަލު ނަގައިދީފައެވެ. އަދި 2025 ވަނަ އަހަރު ކެންޓީންގައި މަސައްކަތްކުރި މުވައްޒަފަކު ވަނީ ސާރާ އޭނާގެ ގަޔަށް ޓޮމާޓޯއާއި އޮލިވްސް އުކި ކަމަށް ބުނެ ބަދަލު ހޯދާފައެވެ.

ސާރާ ނަތަންޔާހޫގެ ގާނޫނީ ޓީމުން ބުނަނީ މިއީ ފާއިތުވި 30 އަހަރު ތެރޭގައި އޭނާއާ ދެކޮޅަށް ކުރަމުންދާ "ކޮޕީ-ޕޭސްޓް" ދޮގު ތުހުމަތުތަކެއް ކަމަށެވެ. ކުރިއަށް އޮތް މަސްތަކުގައި މި އާ މައްސަލަތަކުގެ އަޑުއެހުންތައް އިސްރާއީލުގެ ލޭބަރ ކޯޓުގައި ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.