މައި ކެރިއާ ޕޯޓަލް އިފްތިތާޙް ކުރުން- ފޮޓޯ/ ދާޚިލީ ވުޒާރާ
ހަބަރު
10 Aug 2026 | 11:29
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ޒަމާނީ ހައްލެއް؛ ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާޙުކޮށްފި

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ މައި ކެރިއަރ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ. ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) އިން ތަރައްޤީކުރި މި ޕޯޓަލަށް ފައިސާ ހަމަޖައްސާފައި ވަނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ސެއިލްސް ޕްރޮޖެކްޓުންނެވެ.

މި ޕޯޓަލް މެދުވެރިކޮށް ތަމްރީނު ލިބިފައިވާ ކައުންސިލަރުންގެ އިރުޝާދު ލިބުމާއި ކެރިއަރުގެ ދުރު ރާސްތާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމުގެ މަގުޗާޓެއް ކުރެހުމާއި ތަޢުލީމީ ފެންވަރާއި ތަޖުރިބާ އެއް ތަނަކުން ބެލޭ ޗާޓެއް ތައްޔާރުކުރުމުގެ ފުރުޞަތު ލިބެއެވެ. އެހެންމެ ބޭނުންކުރާ ފަރާތުގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހެޅޭ ނިޒާމެއް ވެސް އެ ޕޯޓަލްގައި ހިމެނެއެވެ.

"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ތަރުތީބުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާގެ އިސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ މި ދާއިރާއަށް ހަލުވިކަމާއި ޒަމާނީ ހައްލުތައް ހޯދައިދިނުމަށް. އެގޮތުން ނޭޝަނަލް ކެރިއަރ ސަރވިސްގެ ފަރާތުން މިއަދު އިފްތިތާޙްކުރެވުނު 'މައިކެރިއަރ ޕޯޓަލް' އަކީ ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހަމަޔަގީނުންވެސް ގެނެސްދޭނެ ސޮލިއުޝަނެއް." ޕޯޓަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވަޒީރު އިޙުސާން ވިދާޅުވިއެވެ.

މި މަސައްކަތަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މޯލްޑިވުސް 2.0 ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ޕޯޓަލްގެ ޚިދުމަތް މިހާރު www.mycareer.gov.mv މެދުވެރިކޮށް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.