ކޮލޮމްބިއާއަށް ބިންހެލުން އައި ސަރަހައްދު-
ދުނިޔެ
11 Aug 2026 | 08:41
ކޮލޮމްބިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 132 މީހުން މަރުވެއްޖެ

ކޮލޮމްބިއާގެ ޗޮކޯ ޕްރޮވިންސަށް އިއްޔެ އައި، ރެކްޓާ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސް 132 މީހުން މަރުވެ ޤައުމީ ކާރިސާގެ ހާލަތު އިޢުލާނުކޮށްފިއެވެ.

މި ބިންހެލުން އައީ ބިމުގެ 103 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ އަސަރު ހުޅަނގު ކޮލޮމްބިއާގެ އެތައް ސަތޭކަ މޭލެއްގެ ބޮޑު ސަރަޙައްދަކަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ ޖިއޮލޮޖިކަލް ސާވިސް އިން ބުނެފައިވެއެވެ. ބިންހެލުމުގެ މައި ސެންޓަރު އޮތީ ޗޮކޯ ޕްރޮވިންސުގެ ސެން ހޮޒޭ ޑެލް ޕަލްމާ ކައިރީގައެވެ. ނަމަވެސް އެ ރަށުގެ މޭޔަރު ލިއޮން ފެބިއޯ މާރިން މޮންކާޑާ ބުނީ އެ ސަރަޙައްދުން އެއްވެސް މީހަކު މަރުނުވާ ކަމަށެވެ. އެހެންނަމަވެސް ވަދެނުކުމެވޭ މަގުތަކަށް ގެއްލުން ލިބިފައިވެއެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބުނީ މައި ސެންޓަރާ ގާތްގަނޑަކަށް 55 ކިލޯމީޓަރު ދުރުގައި އޮންނަ ޕެރޭރާ ސިޓީއަށެވެ. އެ ސިޓީގެ މެޓްރޯޕޮލިޓަން ސަރަޙައްދުން 40 މީހުން މަރުވެ 65 ޢިމާރާތް ވެއްޓިފައިވެއެވެ. އޭގެ ތެރެއިން 15 ޢިމާރާތެއްގެ ދަށުގައި މީހުން ތާށިވެފައި ތިބި ކަމަށް ބެލެވެއެވެ. ބީބީސީން ވެރިފައި ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސިޓީގެ މައި މައިދާންގައިވާ ޢިމާރާތެއް ވެއްޓި ބޮޑު ސަރަޙައްދެއްގައި ކުނިބުންޏާއި ހިރަފުސް ފެތުރިފައި ހުއްޓެވެ. ޕެރޭރާގެ ބައެއް ސަރަޙައްދުތަކުގައި އަންގާރަ ދުވަހުގެ ފަތިހު 05:00 އާ ހަމައަށް ކާފިއު ހިންގާފައިވެއެވެ.

ޕެރޭރާގެ ދެކުނުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ ކާލީ ސިޓީގައި 32 ޢިމާރާތް ވެއްޓިފައިވެއެވެ. މީގެ އިތުރުން މެނީޒާލޭސް ކީބުޑޯ މެޑެޔީން އަދި ޗޮކޯ އާއި ވައްޔޭ ޑެލް ކައުކާ ސަރަޙައްދުތަކުންވެސް މީހުން މަރުވި ކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ. މެނީޒާލޭސް އިން ދެ މީހުން މަރުވެފައިވެއެވެ. ޖުމުލަ 480 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކޮލޮމްބިއާގެ ވެރިރަށްތަކުގެ ޖަމިއްޔާއިން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބިންހެލުން އައި ވަގުތު މެނީޒާލސްގެ ހޮޓަލެއްގައި ހުރި އެންޖެލިކާ އަވީލާ ބީބީސީ ވޯލްޑް ސާވިސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ބިންހެލުން އައި ވަގުތު ފާރުތަކުގައި ރެނދުލި ކަމަށެވެ.

"އެންމެން ހަޅޭއްލަވަމުން ދިޔައީ... ޖެހިގެން ހުރި ޢިމާރާތްތަކުން ހިރަފުސް ނުކުންނަ ތަން ފެނުނު އަދި ފާރުތަކުން ގައު ވެއްޓެމުން ދިޔަ" ކަމަށް އޭނާ ބުންޏެވެ.

ކޮލޮމްބިއާގެ ރައީސް އެބެލާޑ ޑެ ލާ އެސްޕްރިއލާ ވަނީ ޤައުމީ ކާރިސާގެ ހާލަތު އިޢުލާނުކޮށް ބަޖެޓް ބަދަލުކުރުން ފަދަ ޚާއްޞަ ބާރުތައް ބޭނުންކުރުމަށް ނިންމާފައެވެ. ހުކުރު ދުވަހު މަޤާމާ ހަވާލުވި އާ ރައީސަށް ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި މި ބޮޑު ކާރިސާއާ ކުރިމަތިލާން ޖެހިފައިވެއެވެ. އެ ރައީސް ވަނީ 1,500 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ބިންހެލުމުގެ ސަބަބުން ޕެރޭރާ މެނީޒާލސް ކީބުޑޯ އާމީނިއާ ކާޓެގ އަދި ބުއނެވެންޗުރާ ހިމެނޭ ގޮތަށް ސަރަޙައްދީ އެތައް އެއާޕޓަކަށް ގެއްލުން ލިބިފައިވާ ކަމަށް އެ ޤައުމުގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަން މީހުންނަށް ރެކްޓާ މިންގަނޑުން ހަތެއްގެ ގުޑުން އިޙުސާސް ކުރެވުނެވެ. ބިމުގެ ފުނުން އަންނަ ބިންހެލުންތަކުގެ ނުރައްކާ ޢާންމުކޮށް ކުޑަ ނަމަވެސް ޢިމާރާތްތަކަށް ގެއްލުންދެނިވި މިންވަރަށް ހަކަތަ ބޭރުކުރެވޭ ކަމަށާއި ފަހު ލޮޅުންތައް މަދުވިޔަސް ބާރުގަދަވެދާނެ ކަމަށް އެ ސާވޭއިން ފާހަގަކޮށްފައިވެއެވެ. މި ބިންހެލުން އައީ އަވައްޓެރި ވެނެޒުއލާއަށް ދެ ބިންހެލުމެއް އައިސް 6,300 އަށް ވުރެ ގިނަ މީހުން މަރުވިތާ ދެ މަސް ނުވަނީހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.